އިންސާނެއްގެ ކަށިގަނޑެއް ފެނިގެން އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގެ މިސްކިތެއް ބަންދު ކޮއްފި އެވެ.
މަސްޖިދުލް ބާބުލް ހައިރު (އައިމަލި މިސްކިތް)އަކީ އެތަން ބިނާ ކުރެވުނު ދުވަހުން ފެށިގެން ގަބުރުސްތާނެއްގެ މަތީގައި އެޅިފައިފާ މިސްކިތެއް ކަމުގައި ދޫމަތިން ކުރެވެމުންދާ މިސްކިތެކެވެ. ނަމަވެސް އެ އެކަން ދޮގު ކުރައްވަމުން މިސްކިތް ބިނާކުރެއްވިފަރާތުން ވިދާޅުވީ އެތާގައިވާ ކަށިތަށް ވާނީ ނަގާ އެއްފަރާތް ކޮއްފައިކަމަށެވެ. ކޮންމެއަކަސް އޭގެ އަހަރުތަކެއް ފަހުން އިއްޔެ (20އޯގަސްޓް2011)ގައި އިވިގެން މިދިޔައީ އިންސާނެއްގެ ކަށިގަނޑު ފެނިގެން މިސްކިތް ބަންދުކުރިވާހަކައެވެ.
މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް ދިއިސްލާމް އިން ކުރެވުނު މަސައްކަތުން އެނގިފައިވަނީ މިސްކިތް ބިނާ ކުރެވިފައިވަނީ ގަބުރުސްތާނެއްގެ މަތީގައިކަމަށް ރައްޔިތުން ޝަކުވާކުރުމުން އޭރު ރަށުގެ ބޮޑުކަތީބް އާއި ކަތީބް އެމިސްކިތުގެ ހުރިތާނގައި ކަށިނެތް ކަމުގެ ޔަގީންކަން ދީފައިވާކަމެވެ. އެގޮނތުން މިއަދާއިހަމަޔަށް އެމިސްކިތުގެ ހަޤީގަށްވަނީ އޮޅިފައިކަމަށާއި ނަމަވެސް އަބަދުވެސް އެމިސްކިތަކީ ޤަބުރުސްތާނެއްގެ މަތީގައި އެޅިފައިވާ މިސްކިތެއްކަމަށް އެއަވަށުގެ ގިނަ ރައްޔިތުން ބުނަމުންދާކަމަށެވެ. އެގޮތުން މިރަމާޟާންމަހުގެ 29ވީ ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު ޝައިހް ހުސަން ރަޝީދުގެ ދަރުސް އަކަށްފަހު ރައްޔިތަކު މިމައްސަލަ އޭނައަށް ހުށައެޅުމުން މިއަދުގެ 10ކާއި 11އާއި ދެމެދު އެތަނުގެ ހަޤީގަތް ބެލުމައްޓަކައި ކޮނުނު ކޮނުމުން އިންސާނެއްގެ ފައިގެ ކަށިގަނޑެއް ފެނުނުކަމަށްވެއެވެ. އެކަމާއި ގުޅިގެން މިސްކިތް ބަންދު ކުރީ ޝައިޙް ހުސަން ރަޝީދު އަހުމަދުގެ ހާޒިރުގައި އިއްޔެ ގަޑިން10:30 އާއި 12 އާއި ދޭތެރޭވަގުތެއްގައިކަމަށް ދިއިސްލާމްއަށް ވަނީ ޚަބަރު ލިބިފައެވެ.
މިމިސްކިތް ބަންދުކުރެވުނީ މިމިސްކިތުގެ ދަށުގައި ގަބުރެއް އޮއްކަމުގެ ތުހުމަތު ކުރެވިގެން ކޮނުނު ކޮނުމުގައި މިސްކިތުގެ ހުޅަނގުފަރާތު ޕައުންޑޭޝަނާއި ހަމައިން މިސްކިތު ތެރެއަށް ބޯވާގޮތައް އިންސާނެއްގެ ކަށިފެނިފައިވާތީ މިކަންތައް އިތުރަށް ބަލައި ވަކިގޮތަކަށް ހައްލުކުރެވެންދެން މިސްކިތް ބަންދު ކުރެވިފައިވާ ވާހަކަ މިކަމާގުޅޭގޮތުން ހިތަދޫ ކައުންސިލް އިދާރާއިން ނެރުނު އިއުލާންގައިވެއެވެ.

















ޚިޔާލު