ރާއްޖޭގެ ޚަބަރު

ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ދީނީ ޕްރޮގްރާމް “ދަ ލެގަސީ” ގެ ކުރިއަށް އޮތް އެޑިޝަންގައި ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިކަން އެ ފައުންޑޭޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

ޝައިޚް ނަވާއިދް ޢަޒީޒަކީ އުނދަގޫ އަދި ބޮޑެތި މައުޟޫޢުތައް ސާދާ ބަހުރުވައިން، ހިކުމަތްތެރިކަމާއި މަޖާ މިޒާޖަކާއެކު އޮޅުންފިލުވައިދެއްވުމުގައި ނަން މަޝްހޫރު ބޭފުޅެކެވެ. މި ޕްރޮގްރާމްގެ ތެރެއިން އީމާންތެރިކަމާއި ގުޅުންތައް ބަދަހިކުރުމުގެ މުހިންމު ދަރުސްތަކެއް ޝައިޚް ދެއްވާނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 21 އިން 27 ޖެނުއަރީ 2026 އަށެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތަކީ  ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އީމާންތެރިކަން އާލާކުރުމުގެ ދަތުރަކަށް ވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށްވެސް އެ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *