ނ. މަނަދޫގައި ދައުލަތުގެ ބަޖެޓުން އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތްތައް ނިންމާ، މިއަދު އެ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހުޅުވުމަކީ މަނަދޫގެ ރައްޔިތުންނަށް ދީނީ އަޅުކަންތައްތައް ފަސޭހަކަމާއެކު އަދާކުރުމަށް ލިބުނު ބޮޑު ލުއިފަސޭހައެކެވެ.
މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މިކަމަށްޓަކައި މަނަދޫގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށެވެ.
ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސްކޮށް، ވީހާވެސް އަވަހަށް އެ މަޝްރޫޢުތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ދީނީ ޙަޔާތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

















advertisment
ޚިޔާލު