ޖަމިއްޔަތުއް ސަލަފުން "ދާރިސް" ގެ ނަމުގައި މުޅިން އައު މަޖައްލާއެއް ނެރެފިއެވެ.
ދާރިސްގެ ނަމުގައި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގައި ނެރެފައިވާ މި މަޖައްލާއަކީ، އިޖްތިމާޢީ، ސިޔާސީ އަދި ޝަރުޢީ ކަންކަމަށް އަލި އަޅުވާލާއި، ލިޔެފައިވާ މަޒުމޫނުތަކެއް އެކުލެވިގެންވާ މަޖައްލާއެކެވެ.
މި މަޖައްލާއަކީ، މީޑިޔާގެ ދާއިރާ
ގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސަމީކު ޕްރައިވެޓް ލިމިޓެޑް އާއި ޖަމިއްޔަތުއް ސަލަފާއި ގުޅިގެން ކޮންމެ ދެމަހުން އެއް މަހު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ.
މި މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައިވަނީ، ޖަމިއްޔަތުއް ސަލަފުގެ ފޭސްބުކް ޕޭޖުގައި ކޮންމެ ހަފްތާއަކު ގެނެސްދެމުންދާ "އިސްލާމީ ވެށި" މި ޕްރޮގްރާމުގައިއެވެ. މި ޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވަނީ، އައްޝައިޚް އަލީ ޒާހިރު ބިން ޤާސިމް އިބްރާހިމް އަދި އައްޝައިޚް މޫސާ ފިކުރީއެވެ.
މި މަޖައްލާއާއި ބެހޭ ގޮތުން މަޖައްލާގެ މުޙައްރިރު އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ، މިއީ ހޭލުންތެރި އަދި ކިޔުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ނެރޭ މަޖައްލާއެއްކަމަށާއި، މި މަޖައްލާގައި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ އިތުބާރު ހިފޭ ޢިލްމުވެރިންގެ ލިޔުންތައްވެސް ހިމެނޭނެކަމަށެވެ. އަދި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިމަޖައްލާ ބައްލަވައިގަތުމަށް 7778695 އަށް ގުޅުއްވުމަށް ޖަމިއްޔަތުއް ސަލަފުން އެދިލައްވައެވެ.

















advertisment
ޚިޔާލު