ބާޠިލް ވާހަކަ ދައްކާނީ ވައްވައްޖަހާ ޝައިޠާނެއް ކަމަށް ޝައިޙް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޝައިޙް ލަޠީފް މިހެން ވިދާޅުވެފައިވަނީ ޝައިޙް ކުރަށްވާފައިވާ ޓްވީޓެއްގައެވެ.
ޝައިޙްގެ މިޓުވީޓުގައި ބުނެދެއްވަވާފައިވަނީ ދުލުގެ ޢާފަތްތަކާއި ބެހޭގޮތުންނެވެ. އެގޮތުން މިޓްވީޓްގައި ވިދާޅުވެފައިވަނީ ދުލަށް ބޮޑު ދެ ޢާފާތެއް ވާކަމަށެވެ. އެއް ޢާފަތް އަނެއް ޢާފަތަށްވުރެ ފާފަވެރިކަމުގައި ބޮޑުކަމަށާއި އޭގެން ފުރަތަމަ ކަމަކީ ބާޠިލް ވާހަކަ ދެއްކުން ކަމަށާއި ދެވަނަ ކަމަކީ ހަނުހުރުން ކަމަށެވެ.
ހައްޤުބަސް ބުނަން ޖެހޭ ވަގުތު އެބަސް ނުބުނާނީ މަންމެޅިގެންވާ ޝައިޠާނާ ކަމަށާއި، ބާޠިލް ވާހަކަ ދައްކާނީ ވައްވައް ޖަހާ ޝައިޠާނެއްކަމަށް ޝައިޙް މުޙައްމަދު ލަޠީފްގެ މިޓުވީޓުގައި ވެއެވެ.
ޚިޔާލު