ރާއްޖޭގެ ޚަބަރު

އަލީ ރަމީޒުގެ ހާއްސަ އިންޓިވިއުއެއް އިޝާން އާއެކު ގެނެސްދެނީ

އަލީ ރަމީޒުގެ ހާއްސަ އިންޓިވިއުއެއް އިޝާން އާއެކެ ވަރަށް އަވަހަށް ގެނެސްދޭނެކަމަށް އަލީ ރަމީޒު ބުނެފިއެވެ.

މޯލްޑިވިއަަން އައިޑޮލްގެ 3 ވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ލަވަކިޔުން ހުއްޓަލިކަން އިއުލާންކުރިތަނާ އަލީ ރަމީޒު ވަނީ އޭނާގެ ޓްވިޓާރގައި "އަހަރެން މިއުޒިކްކުޅުން ހުއްޓާލީ ކީއްވެ؟" މިނަމުގައި އިޝާންއާއި އެކު ހާއްސަ އިންޓިއުއެއް ގެނެސްދޭނެކަމަށް އިއުލާންކޮށްފައެވެ. އަދި އިޝާންއާއި އެކު ވީޑިއޯކޯލެއް ކުރާތަނުގެ ސްކްރީންޝޮޓްއެއްވެސް އަލީ ރަމީޒުވަނީ ހިއްސާކޮށްފައެވެ.

އިޝާން ލަވަކިޔުން ހުއްޓާލުމާއި އެކު އަލީ ރަމީޒު ވަނީ އިޝާންގެ ޕޯސްޓު ޝެއާކޮށް "އިޝާން ލަވަ ކިޔުން ހުއްޓާލި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް" ކަމަށާއި "އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް"ކަމަށް ސިފަކޮށްފައެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" ކަމަށް އަލީ ރަމީޒު އިތުރަށް ވަނީ ބުނެފައެވެ.

އިޝާން ވަނީ ލަވަކިޔުން ހުއްޓާލިކަން މިއަދު އިއުލާން ކޮށްފައެވެ. އިޝާންގެ ފޭސްބުކް މެދުވެރިކޮށް ބުނީ "މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް" ކަމަށެވެ. އަދި އޭގެ ސަބަބުން "ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ"ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *