މޯލްޑިވިއަަން އައިޑޮލްގައި 3 ވަނަ ލިބިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.
މޯލްޑިވިއަން އައިޑޮޮލް އިން ލިބުނު މަޝްހޫރުކަމަށްފަހު ލަވަ ކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިޝާން ލަވަކިޔުން ހުއްޓާލިކަން އިއުލާން ކޮށްފައިވަނީ އިޝާންގެ ފޭސްބުކްކައި ކުރި ޕޯސްޓަކުންނެވެ. ފޭސްބުކްގައި އިޝާން ބުނެފައިވަނީ "ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު" ކަމަށެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުވެސް ކެނޑިނޭޅި ބުނަމުން އަންނަ ބަސް އިޝާންވެސް ވަނީ ތަކުރާރުކޮށްފައެވެ. އެއީ މިއުޒިކު ކުޅެ އަޑު އެހުމަކީ މާތްﷲ އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ.
"މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް" ކަމަށާއި މިއުޒިކުން "ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ" ކަމަށްވެސް އިޝާން ފޭސްބުކްގައި ލިޔެފައިވެއެވެ.
އިޝާންގެ ފޭނުންނަށްވެސް އަދި އެންމެހާ ދިވެހި ރައްޔިތުންނަށްވަނީ އިލްތިމާސްއެއް ކޮށްފައެވެ. "އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅުނަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި..."

















advertisment
ޚިޔާލު