ރާއްޖޭގެ ޚަބަރު

ޔޫއައިއެސް އިން ރޯދައިގެ ޙުކުމްތަކާ ގުޅޭ އޮންލައިން ޢިލްމީ ކުލާސްތަކެއް ބާއްވަނީ

ޔޫއައިއެސް އިން ރޯދައިގެ ޙުކުމްތަކާ ގުޅޭ އޮންލައިން ޢިލްމީ ކުލާސްތަކެއް ބާއްވަން ނިންމާފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ދ. ކުޑަހުވަދޫ ޖަމިއްޔާއެއް ކަމުގައިވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ހާމަކުރި ގޮތުގައި ރޯދައިގެ ޙުކުމް ތަކާ ގުޅޭ އޮންލައިން ޢިލްމީ ކުލާސްތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި މިކުލާސްތަކުގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢާޞިފް މޫސާ އިބްރާހިމް އާއި އައްޝައިޚް މުޙައްމަދު ޣާލިބް ޝާހިދު ކަމަށެވެ.

"ރޯދައިގެ ފިޤްހު" ގެ ނަމުގައި ބާއްވާ މިކުލާސްތަކުގައި 12 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. އޮންލައިން މިކުލާސްތަކުގައި ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާނެކަމަށާއި 17 އޭޕްރީލް އިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 4:30 ކަމަށް އެއެޖަމިއްޔާއިން ހާމަކުރެއެވެ.

"މިކުލާސްތަކުގެ 7 ކުލާސް ހިންގާ ގޮތަށް މިހާރު ހަމަޖެހިފައިވަނީ. ކުލާސްތައް ނިމުމުން ޔޫޓިއުބްއަށް އަޕްލޯޑް ކުރާނަން. އިންޝާﷲ" ޔޫއައިއެސްގެ އޮފިޝަލެއް ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ.

ރޯދައިގެ ޙުކުމް ތަކާ ގުޅޭ އޮންލައިން ޢިލްމީ މިކުލާހުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7861051 ގުޅުއްވުމަށް ޔޫއައިއެސް އިން އެދިލައްވައެވެ.

ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އަކީ ކުޑަހުވަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެކެވެ. ކޮވިޑްގެ ހާލަތުގައި އެޖަމިއްޔާއިން ދަނީ ފޭސްބުކް މެދުވެރިކޮށް ހާއްސަ ޕްރޮގްރާމެއް ގެނެސްދެމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *