ރާއްޖޭގެ ޚަބަރު

މުސީބާތްތަކުގައި އެކަކު އަނެކަކަށް އަޅާލައި ބަޔަކަށް މުސްލިމުންވާނެ ޖެހޭ: ހުތުބާ

މުސީބާތްތަކުގައި އެކަކު އަނެކަކަށް އަޅާލައި ބަޔަކަށް މުސްލިމުންވާނެ ޖެހޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މެލެ، ހުޅުމާލެ، ވިލިމާލެ އަދި އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހުކުރު ނަމާދުކުރި އިރު ހުތުބާގައި ގޮވާލާފައިވަނީ "މުސްލިމުންނަކީ، ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުތަކުގައި އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވާ ބަޔަކަށް ވާން ޖެހޭނެ. އަދި ކުރިމަތިވެފައިވާ މުސީބާތްތުން ރައްކާތެރިކޮށްދެވުމަށް ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފައި، ކަމާ ބެހޭ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމަކަށް އަމަލު ކުރަން ޖެހޭ،" ކަމަށެވެ. އަދި "އަޅުގަނޑުމެން އިންސާނުންނަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީ ނަމަވެސް، މާތްﷲ ރަހުމަތުން އުންމީދު ކަނޑާލައި މާޔޫސްވާކަށް ނުޖެހޭ" ކަމަށެވެ.

މިއަދުގެ ހުތުބާގައި ކޮރޯނާ ފަދަ ބަލިމަޑުކަމުން ސަލާމާތްވުމަށް އެދި ދުޢާ ކޮށްފައިވާއިރު ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ﷲގެ ރަހުމަތުން އުންމީދު ކަނޑާނުލާ." މި މަޟޫއަށެވެ.

"މުސީބާތުގެ ވަގުތުގައި މާތްﷲ ދުއާކޮށް، ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލު ކުރަން ޖެހޭ ކަމަށް" މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފައިވެއެވެ،

ކޮރޯނާ ވައިރަސްގެ ސަބަބުން މާލެސިޓީ އާއި އައްޑޫ ސިޓީގައި މިދިޔަ ހުކުރުވެސް ކޮށްފައެއް ނުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *