މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ނަމަވެސް މިސްކިތްތައް ބަންދު ނުކުރާނެކަމަށް އިސްލާމިކް މިނިސްޓާރ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތުގައި ނަމާދުކުރަން ބޭނުންވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށާއި މިސްކިތް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ،
މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް ނިންމާފައިވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދު ނިޔަލަށް ކަމަށް މިނިސްޓާރ ވިދާޅުވިއެވެ،
އިސްލާމިކް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހުގެ ބޭފުޅުންނާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

















advertisment
ޚިޔާލު