ރާއްޖޭގެ ޚަބަރު މޯލްޑިވިއަން ޔޫތް ލީގްއިން ޒުވާނުންނަށް ޚާއްސަ ރޯދަވީއްލުމެއް ބާއްވަނީ

މޯލްޑިވިއަން ޔޫތް ލީގްއިން ޒުވާނުންނަށް ޚާއްސަ ރޯދަވީއްލުމެއް ބާއްވަނީ

މޯލްޑިވިއަން ޔޫތް ލީގްއިން ޒުވާނުންނަށް ޚާއްސަ ރޯދަވީއްލުމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވިއަން ޔޫތް ލީގްގެ ފަރާތުން ޒުވާނުންނަށް ޚާއްސަަ ރޯދަވީއްލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ރައީސް މާޒިން ހުސައިން އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޒުވާނުންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުމެއް ބާއްވަން އެޖަމިއްޔާއިން ނިންމާފައިވާ ކަމަށާއި އެގޮތުން ރޯދަވީއްލުން ބާއްވަން ހަމަޖެހިފައިވަނީ ޖުލައި 03 ވާ ހުކުރު ދުވަހު ކަމަށެވެ.

މާޒިން އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެވެސް ޒުވާނުންގެ ރޯދަ ވީއްލުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިފަހަރުގެވެސް ރޯދަ ވީއްލުމުގައި ބައިވެރިވާން އެދޭ ޒުވާނުން 9991033 ނަންބަރަށް ނަމާއެކު މެސެޖެއް ފޮނުވާލުމުން ރޯދަވީއްލުމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މިރޯދަވީއްލުމުގައި ބައިވެރިވުމަށް އެއްވެސް ލާރިއެއް ދައްކަން ނުޖެހޭނެ ކަމަށާއި މިއީ ޒުވާނުންނަށްޓަކައި މުޅިން ހިލޭ ބާއްވައިދޭ ހަރަކާތެއް ކަމަށް އެފަރާތުން ވިދާޅުވިއެވެ.

މާޒިން ވިދާޅުވީ މިފަހަރުގެ ރޯދަވީއްލުމުގައި ޒުވާނުންނާއިއެކު ދީނީ ޢިލްމުވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ޒުވާނުންނާއި ގުޅޭ ދާއިރާތަކުން ނަސޭހަތާއި އިރުޝާދު ދިނުން މިރޯދަވީއްލުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.

ޖަމިއްޔަތުއް ރަހްމާއާއި ގުޅިގެން ބާއްވާ މިރޯދަވީއްލުން އޮންނާނި 03 ޖުލައިވާ ހުކުރުދުވަހު އަރަބިއްޔާ ސްކޫލްގައި ކަމަށް އެފަރާތުން ހާމަކުރެއެވެ.

 

މޯލްޑިވިއަން ޔޫތް ލީގްއާއި ޖަމިއްޔަތުއް ރަޙްމާ ގުޅިގެން މިރަމަޟާންމަހުގެ ކޮންމެ ދުވަހަކު ޠައިބާ މިސްކިތުގައިވެސް އަންނަނީ ރޯދަވީއްލުން ބާއްވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.