މުޞްޙަފު މާލްދީފު ޗާޕުކުރުމަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހަމަޖައްސައިފިއެވެ.
މުސްޙަފެއް ޗާޕް ކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެކަމެއްކަމުގައިވީނަމަވެސް މިމަޝްރޫޢު ކުރިއަށް ގެންދަނީ ދުނިޔޭގެ ކަންކޮޅުން ލިބޭ އެހީގެ ފައިސާއިންނެވެ. މިފުރުސަތު ދިވެހިންނަށް ވެސް ވަނީ ހުޅުވާލާފައެވެ. މުސްހަފް ޗާޕުކުރުމަށް ސްޕޮންސާކުރައްވަން ބޭނުންވާ ފަރާތްތަކާއި އެކަމަށް އެހީތެރިކަން ވެދެއްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށް އެކަން ވަނީ ހުޅުވާލާފައެވެ. އާއްމު ރައްޔިތުންގެ ތެރެއިންވެސް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަނި މި ފުރުޞަތު ހުޅުވާލެވިފައެވެ. މިހާތަނަށް އައިއިރު މި މަޝްރޫޢަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. ސަރުކާރު ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ފަރުދިންގެ ފަރާތުންވެސް މި މަޝްރޫއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްރޫޢަށް ފައިސާ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް މިކަން ކުރުމުގެ މަގު މިވަނީ ހުޅުވިފައެވެ.
Account Number:7799099999034
Account Name: Mushaf Maldheefi Publication Fund
Bank of Maldives
"މުސްހަފް މާލްދީފް” ގެ މަޝްރޫއުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް އެދުމަކީ މިމުސްޙަފުގެ ސަބަބުން ވީހާވެސް ގިނަ ބަޔަކަށް ފައިދާތަކެއް ކުރުމެވެ. ދުޢާ އަކީ މިމަޝްރޫއަކީ ދެމިހުންނަނިވި ޞަދަޤާތެއްކަމުގައި ލެއްވުމެވެ. މިމަސައްކަތުގެ ސަބަބުން މާތްﷲގެ ރުއްސެވުން ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުމެވެ.
މުސްހަފް މާލްދީފް” އަކީ ދިވެހިރާއްޖެއަށް ޚާއްޞަ މުސްޙަފެކެވެ. “މުސްހަފް މާލްދީފް” މަޝްރޫޢަކީ ދިވެހިރާއްޖެއަށް ނިސްބަތްކޮށް މުސްޙަފެއް ތައްޔާރުކޮން ފޯރުކޮށްދިނުމިގެ މަޝްރޫއުއެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި ބަހުރެއިންގެ ޤުރުއާން ކެއަރ ސޮސައިޓީގެ ފަރާތުން ރާއްޖޭގެ ޖަމާއަތްތަކަކާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ބައިވެރިންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު، ދިއިސްލާމާއި މައިލް ޖަމިއްޔާ އަދި މަޙަލްދީބު ފައުންޑޭޝަން އެވެ.
ރައްޔިތުން އަތުން ފައިސާ ހޯދާނެ އަނެއްކާ މޮޅުގޮތެއް ހޯދީ، ކުރިން ފައިސާ ހޯދީ މިސްކިތް މރާމާތުގެ ނަމުގައި މިހާރި މުސްހަފް ޗާޕް ކުރުމުގެ ނަމުގައި ހައްޖާއި އުމުރާގެ ނަުގައި، ފައިސާ ހޯދަންވެސް ދަންނަ މީހުންވެސް ހަމައުޅޭތާ؟
ކީރިތި ޤުރުއާނަކީ ވަކި ކަރަޔަކަށް ވަކި ރާއްޖެޔަކަށް ހާއްސަކޮށްގެން ﷲ ބާވާ ލެއްވި ފޮތެއްނޫން، އެފޮތަކީ އެންމެހައި އިންސާނުންނާއި ޖިންނީންނާއި އެންމެހައި މަހުލޫޤުންގެ މެދުގައި ނިޔާ ކަންޑައަޅާ ފޮތެއްގެ ގޮތުގައި ﷲ ބާވާ ލެއްވި ފޮތެއް، ޤިޔާ މަތާއި ހަމަޔަށް އެންމެހައި މަޙުލޫޤުންގެ އެންމެ ސިދާ ތެދުމަގު ލިބޭ ފފޮތެއްގެ ގޮތުގައި!
ބޮޑު ތިލަދުން މަތީ އިކޮނޮމިކް ޒޯނަށް މުސްހަފެއް، ހުވަދޫ އަތޮޅު މީހުނަށް މުސްހަފެއް، އައްޑޫ މީހުނަށް މުސްހަފެއް، ފޯއްމުލަކު މީހުނަށްވެސް ހާސަ މުސްހަފެއް ބޭނުންވެދާނެ ނުންތޯ؟