"ރަޙިމުގެ ގުޅުން" މި ނަމުގައި ވަރަށް ޚާއްސަ ދަރުހެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ގޮފި، ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒް(ސިސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މިދަރުސް ދެއްވާނީ އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
"ރަޙިމުގެ ގުޅުން" މި ނަމުގައި ބާއްވާ މިދަރުސް އޮންނާނީ ސެޕްޓެމްބަރ 26 ވާ ހުކުރު ދުވަހުގެ ރޭ، 8:30 ގައި ކަމަށާއި މިދަރުސް އޮންނާނީ އަޙްމަދިއްޔާ ސްކޫލް ކައިރީގައި އޮންނަ ހުސް ބިމުގައި (ބުރު ޕާރކް) ކަމަށް ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒް(ސިސް) އިން ހާމަކުރެއެވެ.
މި ދަރުސް އަޑު އެއްސެވުމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން އިސްލާމް ދީނުގައި ރަޙިމުގެ ގުޅުމުގެ މާތްކަމާއި ބެހޭގޮތުން ރަނގަޅަށް އޮޅުންފިލުވުމަކީ ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒް(ސިސް)ގެ ވަރަށް ބޮޑު އެދުމެއްކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
މި ދަރުސް ރޭޑިއޯ އެޓޯލް އަދި ދިއިސްލާމްއިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

















advertisment
ޚިޔާލު