އައްޝައިޙް އާދަމް ޝަމީމްގެ ދަރުސް “ނަފްސުގެ ޙުރުމަތްތެރިކަން” ހޮނިހިރު ދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކުރި ގޮތުގައި އެމިނިސްޓްރީގެ ފަރާތުން އިންތިޒާމުކޮށްގެން “ނަފްސުގެ ޙުރުމަތްތެރިކަން” މިމަޢުލޫއަށް އައްޝައިޙް އާދަމް ޝަމީމް ވަރަށް ޙާއްސަ ދަރުސެއް ބޭއްވުމަށް ނިންމައިފައިވާކަމަށެވެ. މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށް އެމިނިސްޓްރީއިން އެދެއެވެ.

















ޚިޔާލު