ރާއްޖޭގެ ޚަބަރު

ސަޢުދީގެ ޢިލްމުވެރިންނާއި އެކު ދައުރާ ފަށައިފި

ފުރުޤާން މިސްކިތް / ދިއިސްލާމް ފޮޓޯ މުޙައްމަދު ވަސީމް

ސަޢުދީގެ ޢިލްމުވެރިންނާއި އެކު ދައުރާ ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ކޮންމެއަހަރަކު ބައްވާ ދައުރާ މިއަހަރު އޮންނާނީ މާލޭގެ އިތުރުން ހުޅުމާލޭގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. ދައުރާ އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ ދައުރާ އޮންނާނީ މިމަހު 14 އިން 16 އަށް ކަމަށާއި ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުންނަށް ދައުރާގައި ބައިވެރި ވެވޭނެކަމަށެވެ.

މިދައުރާގެ ތެރޭގައި ޢަޤީދާ ވޯކްޝޮޕަކާއި ފިޤްހް ވޯކްޝޮޕެއް ކުރިއަށް ދާނެއެވެ. ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ޝެއިޚް ޔޫސުފް ބިން މުހައްމަދު ބިން އިބްރާހިމް އަލް ޢުބައިދް އާއި ޝެއިޚް މުޙައްމަދު ބިން ޢުޘްމާން ބިން އިބްރާހިމް އަލް ޢުރައިނީ އެވެ. ދައުރާ ކުރިއަށް ދަނީ ފުރުޤާން މިސްކިތުގައެވެ. ދައުރާ ކުރިއަށް ދާނީ 14 އިން 16 އަށް މަޤްރިބް ނަމާދުން ފެށިގެން އިޝާ ނަމާދާއި ހަމައަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބާއްވާ ދައުރާ މާލޭގައި ބާއްވަނީ އަލް-އަސްރު އާއި ގުޅިގެންކަމަށް އަސްރުން ހާމަކުރެއެވެ. މިދައުރާގެ މީޑިއާ ޕާރޓްނާރ އަކީ ރޭޑިއޯ އެޓޯލްއާއި ދިއިސްލާމްއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *