ރަމަޟާން މަހަށް އަމާޒުކޮށް ކޫއްޑޫ ފިޝަރީޒްގެ ފަރާތުން މާލޭގައި މަސް ފިހާރައެއް ހުޅުވަން ނިންމައިފި އެވެ.
ކޫއްޑޫ ފިޝަރީޒްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ "މިފިހާރަ ހުޅުވަނީ އެފް އޭ އެމް ހައުސްގެ ތިރީގައި" ކަމަށެވެ.
މުއްޠަލިބު އިތުރަށް ވިދާޅުވީ "މި ފިހާރައަކީ ރަމަޟާން މަހު ރަތްޔިތުންނަށް ހެޔޮއަގުގައި މަސް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވޭ ފިހާރައެއް ކަމަށާއި، މި ފިހާރައިން އާދަޔާއި ޚިލާފަށް އަގުހެޔޮކޮށް މަސް ލިބެން ހުންނާނެ: ކަމަށެވެ.
"ތާޒާ ރޯމަސް ކިލޯ އެއް ގާތްގަޑަކަށް މިފިހާރައިން 35 ރުފިޔާ އަށް ލިބޭނެ.މީ ބާޒާރުގެ އަގުތަކާއި ބަލާއިރު ވަރަށް ކުޑަ އަގެއް" މުއްޠަލިބު ވިދާޅުވި އެވެ.
ވުޑް އެޕަލް ކައިރީގައި ކޫއްޑޫ ފިޝަރީޒުން މިހާރު ހިންގަމުންދާ މަސްފިހާރައިން ލިބެންހުރި ހުރިހާ މަހުގެ ބާވަތްތަކެއް މިފިހާރައިންވެސް ލިބެން ހުންނާނެ ކަމަށާއި، މިގޮތުން ދަޅު މަހާއި، ވަޅޯ މަހާއި އަދި ރޯމަހުގެ އިތުރުން މުޅިން އާ ބައެއް މަހުގެ ބާވަތްތައް ވެސް އަލަށް ހުޅުވޭ ފިހާރައިން ލިބެން ހުންނާނެ ކަމަށް ކޫއްޑޫ ފިޝަރީޒުން ބުނެއެވެ.
މި ފިހާރަ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހުޅުވޭތޯ މަސައްކަތް ކުރާކަމަށްވެސް ކޫއްޑޫ ފިޝަރީޒުން ހާމަކުރެ އެވެ.

















ޚިޔާލު