އެމެރިކާއިން ހިންގަމުންދާ ހަނގުރާމަތަކުން 'ކާމިޔާބު' އުސްމިންތަކަށް އަރަމުންދާކަމަށް މީޑިއާތަކުން ގޮވަމުން ދިޔަނަމަވެސް 'ބޮޑު މަންޒަރުން' ފެނިގެންދަނީ ކަރުނައެވެ. އެމެރިކާ ސިފައިން އަމިއްލައަށް މަރުވުމަށް މަޖުބޫރު ކުރަނީ ހަނގުރާމައިގެ މައިދާނުން އެމީހުންނަށް ކުރިމަތިވާ ނާކާމިޔާބެވެ. އެމީހުންނަށް އޮތް އެއްގޮތަކީ މަރުވުމެވެ. ނޫނީ ސަލާމަތްވެ ނަސްރު ލިބުމެވެ. އެމީހުންވެސް ގަބޫލުކުރާގޮތުގައި އެދެގޮތުންކުރެ އެންމެ ގާތް ގޮތަކީ މަރުވުމެވެ. އެހެނީ އެމެރިކާ ލަޝްކަރަށް ހަނގުރާމައިގެ މައިދާންތަކުން ލިބޭ ބޮޑެތި ނާކާމިޔާބު ތަކަކީ ގަބޫލުކުރަން ބޭނުންނުވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތެވެ.













ހަނގުރާމައިގެ މައިދާނުން ފެންނަމުން މިދާކަންކަމާއި އެމެރިކާގެ ކަމާއިބެހޭ ވެރިންގެ ވާހަކައިގަ ހުންނަ ދޮގަކީ ދުނިޔޭގެ އެއްމަންވެސް މިއަދު ޤަބޫކުރާ ޙަޤީޤަތްތަކެވެ.
އެހެނީ އިރާޤަށް އަރައިގަންނަން ދެއްކި ދޮގު ވާހަކަތައް ވެގެން ދިޔައީ އެއަހަރުގައި ހެދި އެއްމެ ފާޅުކަން ބޮޑު ދޮގުކަމުގައި ނޫންތޯއެވެ.
މިކަމަށް އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބުލެއާރ އެޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި މަޢާފަށްވެސް އެދިވަޑައިގެންނެވި އެވެ.
ނަމަވެސް އެމީހުން މަރައިފައިވާ ކުށެއްނެތް މައުޞޫމް ކުދިންނާއި ކުށެއްނެތް އެތައް އަންހެނުންނާއި މުސްކުޅިންނާއި ލޫޓުވާލެވިފައިވާ ޢިރާޤުގެ މުދަލާއި އަންހެން ދަރީންގެ ޢިތްފަތްތެރިކަން ފަދަ ބަދަލު ނުދެވޭކަންކަމަށް އެމީހުނަށް މަޢާފް ދެވޭގޮތަށް އޮށްނަކަމަށް އެމީހުން ދެކިގެން ތިއްބަސް އާޚިރުގައި އެކަމަށް ޖަވާބު ދާރީވާން ޖެހޭނެދުވަސް އަދި އޮތީކުރިއަށެވެ…
މާތްﷲ މިއަނީޔާވެރިންގެ ކިބައިން އަނިޔާލިބެމުން ދާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމް ނިކަމެތިރައްޔިތުން ސަލާމަތް ކުރަށްވާދޭވެ……..އާމީން..، ޔާރައްބަލް ޢާލަމީން