އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ މިހާރުގެ އެންމެ ގާތް ރަހްމަތްތެރިޔަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުކަމަށް އޭނާ މިދިޔަ ބުރާސްފަތިދުވަހު ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމުގައިވާ 'ދަ ގަރޑިއަން' އިން ޝާއިއުކޮށްފައިވާ ލިޔުމެއްގައި އެޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ބުނެފައިވާގޮތުގައި ރައީސް ނަޝީދަކީ އޭނާއަށް ވަރަށް ކަމުދާ ޝަހްސިއްޔަތެކެވެ.
"ތިއީ ވަރަށް އުނދަގޫކަމެއް. އަހަރެންނަކަށް ކުރީގެ މާގިނަ ލީޑަރުންތަކެއް ނޭނގޭ. އަހަރެންނަށް ހީވަނީ ބިލް ކްލިންޓަން ރަނގަޅުވާނެހެން. ކަލާނގެ ގަންދީ ބުނަން. ތިއީ ހާދަހާވާ އުނދަގޫކަމެކޭ. އަހަރެންނަށް އޮބާމާ ވަރަށް ކަމުދޭ. އޭނާއާއި ވާހަކަދެއްކުމަކީ އަހަރެން އަބަދުވެސް ވަރަށް ޝައުޤުވެރިވާކަމެއް. އަހަރެންގެ މިހާރުގެ އެންމެ ގާތް ރަހުމަތްތެރިޔަކީ ދިވެހިރާއްޖޭގެ ރައީސް. އޭނާއަކީ ވަރަށް މޮޅު ޝަހުސިއްޔަތެއް. ވަރަށް ރަހަތަފާތު؟ އެހެންނޫންތޯ؟ އަހަރެންނަށް ސަރކޯޒީވެސް ވަރަށް ކަމުދޭ. މަޖާވާނެ. އަދި އަހަރެންނަށް ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖޯންކީވެސް ވަރަށް ކަމުދޭ،" އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ޕާޓީއަކަށް ދައުވަތުދީފިނަމަ ކެމަރަންއާއި އެކީގައި އެޕާޓީގައި ބައިވެރިވުމަށް ފަސްލީޑަރަކު ގެންދާ ނަމަ އިޚްތިޔާރުކުރާނީ ކޮން ފަސްލީޑަރުންނެއްތޯ، އިނގިރޭސި ބޮޑުވަޒީރު ކެމަރަންއާއި ގްރެފިޓީ އަރޓިސްޓަކު ސުވާލުކުރުމުން އޭނާ ޖަވާބުގައި ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގުން މަނާކުރާ ޤައުމުތަކަށް އިނގެރޭސިވިލާތުން އެހީދިނުން ހުއްޓާލާނެކަމަށް ބުނަމުންދާ ކެމަރަންއާއި އަދި އޭނާގެ ކޮންޒަރވޭޓިވް ޕާޓީއާއި ރާއްޖޭގެ ވެރިކަންކުރާޕާޓީ އަދި ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދުއާއި ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށް ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރުވަނީ ބައެއް ނޫސްތަކަށް މަޢުލޫމާތު ދީފައެވެ.


















advertisment
ލަނޑަޔާ ވާނީ ލަނޑަޔާ އޭ ބުނެއެއްނު.
ލަނޑަޔާ ވާނީ ލަނޑަޔާ. ނަޝީދަކީވެސް ތިބުނާ ކެމެރޮން ފަދަ މީހެއް.
އެހެންވީމާ ރައިސް ނަޝީދުގެ އެންމެ ގާތް ރަހުމަތްތެރި އަކީ ކޮންބޭފުޅެއްތޯ ؟
ވާނީވެސްމިހެންތާ ގައުމުގަމިހާރުމިހިގަނީ އެމީހުންއެންމެ އުފާވާކަންތަށް ..
ސުބުޙާނަﷲ، ވަރަށްވެސް ކަންބޮޑު ކުރުވާ ލިޔުމެއް. މިބައިމީހުންގެ ފަރާތުން އައިސްދާނެ ނުބައިކަމަކުން ސަލާމަތްކުރަށްވާށި! އަދި އެފަދަ ނުބައި ކަންކަމާއި ދެކޮޅަށް ޖިހާދުކުރާނެ ހިތްވަރު ދެއްވާށި!