ރާއްޖޭގެ ޚަބަރު "ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މިނަމުގައި އިސްލާމް މުދައްރިސުންނަށް ޙާއްސަކޮށް ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި

"ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މިނަމުގައި އިސްލާމް މުދައްރިސުންނަށް ޙާއްސަކޮށް ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި

"ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މިނަމުގައި އިސްލާމް މުދައްރިސުންނަށް ޙާއްސަކޮށް ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މި ނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިސްލާމް މުދައްރިސުންނަށް ޙާއްސަކޮށް ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ އިސްލާމްދީނާމެދު ހޭލުންތެރިކުރުވައި، އިސްލާމް ދީނާމެދު އުފެދިފައިވާ ކުށްހީތައް ފިލުވާލައި، ތަހްޒީބީ އަޚްލާޤީ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީގެ ހޯލުގައެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި 74 ސުކޫލަކުން ޖުމްލަ 143 އިސްލާމް މުދައްރިސުން ވަނީ  ބައިވެރިވެފައިވެއެވެ. ހެނދުނު 08:30 އިން ހަވީރު 18:00 އަށް ގެންދެވުނު މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ޝަރީޢަތުގެ މަޤާސިދުތައް، އިސްލާމީ ދިރިއުޅުމުގެ މަންހަޖު، މެދުމިން/ އިސްލާމްދީނާމެދު އުފެދިފައިވާ ކުށްހީތައް، ދަރިން ތަރުބިއްޔަތު ކުރުން އަދި ކުދިން ދެނެގަތުމާއި އިރުޝާދު ދިނުން މި މަޢުޟޫތަކަށެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ހުސައިން ޢަބްދުﷲ ސަޢީދު އަދި ޑރ.ސަޢުދުﷲ ޢަލީ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.