މިއަދު މި ފެންނަނީ މުސްލިމުންނަށް ޣައިރު މުސްލިމުން އަތްގަދަ ކުރާ ތަން ކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ ޔަހޫދީންގެ ތެރޭގައިވެސް އިސްލާމްކަން ބޭރުފުށަށް ދައްކައިގެން ތިބި މުނާފިގުން ތިބި ކަމަށެވެ. ޔަހޫދީން ދުނިޔެ ކޮންޓްރޯލް ކުރަން ހަދާފައިހުރި އުސޫލުތަކުގެ ތެރެއިން އުސޫލަކީ މީސްތަކުން ބައިބައިކޮށް އެބައެއްގެ މައްޗަށް ގަދަވެގަތުމެވެ. އަދި މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ތަޢާރަފު ކުރަމުން މިދާ ވެރިކަމުގެ ނިޒާމު، ޑިމޮކްރެސީއެވެ.
މީގެ އިތުރުން ޑިމޮކްރެސީގައި އަބަދުވެސް އިދިކޮޅު ޕާޓީއެއް އޮންނަން އެބަޖެހެއެވެ. އަދި ވެރިކަމުގެ ތިބި މީހުންނަށް ވެރިކަމުގެ ޕާޓީގެ މީހުން ކުރާ ކަންކަމާއި ދެކޮޅަށް ބަޔަކު ނުކުމެ ވާހަކަ ދައްކައިގެން މެނުވީ އެމީހުން ޒިންމާދާރުކޮށް އަދުލު އިންސާފު ގާއިމު ނުކުރެވޭނެއެވެ. އެކަމަކު ސަލާމަތުން ބުއްދިހުރި މީހަކު ގަބޫލުކުރާނެ ތަނެއްގައި ފިތުނަ ފަސާދަ އުފެއްދުމަށް އަބަދުވެސް ކަންކުރާ މީހާއާއި އިދިކޮޅަށް ދެބައި އޮވެގެން ތަޅާ ފޮޅައިގެން ނޫނީ އެމީހުންގެ ކަންތައްތައް ނެތި ހަލާކުވެގެން ނުދާނެކަމަށެވެ.
މިޒަމާނުގައި ހަނގުރާމަ މަތީ ލަޝްކަރުތައް ފޮނުވައިގެން ތަންތަން ކޮންޓްރޯލް ކުރަންވީމަ އިސްލާމްދީނުގެ ޢަދާވާތްތެރިންނަށް ވަރަށް ބޮޑެތި މާލީ ގެއްލުންތައް ލިބެއެވެ. ނަމަވެސް އެކަމުގެ ބަދަލުގައި ހަނގުރާމަ ކުރުވަން ބޭނުންވާ މީހުންނަށް ހަތިޔާރު ލިބޭ މީހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޅާފުޅުވީމައި މާ ޚަރަދު ކުޑަވެފައި އެމީހުންގެ ތެރެއިން ޢާއްމު ރައްޔިތުންގެ ސިފައިން ގަތުލުވުމުގެ ބައި އެބަކުޑަވެއެވެ.
އަދި އަޅުގަނޑުމެންގެ ތެރޭގައިވެސް ދޭތެރެ ދޭތެރެއިން މިފަދަ ޕްރޮޕެގެންޑާތައް އުފައްދާކަމަށެވެ. މިސާލަކަށް އައިއެސްއައިއެސްއެވެ. އައިއެސްއައިއެސް ޖަމާއަތައް ދަންނަ ބޭކަލުން ތެރެއިން ބޮޑެތި ބޭކަލުން އިގްރާރުވެފައި ނެތް ބަޔަކު ނުކުމެ އަހަރެމެންނަކީ ހައްގުގެ މަތީގައި ތިބި ބައެއް ކަމަށާއި، ތިމަންނަމެންނާއި ދެކޮޅަށް ކިތަންމެ ވަރަކަށް މިސްކިތައް އެރިޔަސް އެއީ މިސްކިތައް އަރައި ހުއްޓަސް އެއީ މުޝްރިކެއް ކަމަށް ބުނެ މީސްތަކުން ބައިބައި ކުރަމުންދެއެވެ.
ޚިޔާލު