ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަކީ މުނާފިގުންގެ އެންމެ ބޮޑު ސިފަ: ޝެއިޚް ފިކުރީ

Miadhu Mi Fennany Muslimunnah Air Muslimun Aii Gadha Kuraa Than: Sheikh Fikury

މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަކީ މުނާފިގުންގެ އެންމެ ބޮޑު ސިފަ ކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ފިކުރީ މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި ޢައިރު ދީންތަކުގެ ޢީދުތަކާއި އާދަތައް ގެނައުމަށް ބަޔަކު ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވަނީ މިފަދަ ޢީދުތަކުގައި ގުޅިގެން ބާއްވާ ބައެއް ޕާޓީތަކަށް އަދި އެއްވުންތަކަށް އަންނަންވާނީ އެމީހެއްގެ ލޯބިވެރިޔާ ގޮވައިގެން ކަމަށެވެ. އަދި މިފަދަ އިޝްތިހާރުތަކުން ފެންނަނީ އެއްގޮތަކަށްވެސް އޭނާގެ އަނބިމީހާ އާއެކު ޙަލާލު ގޮތުގައި ގުޅުން ބާއްވާތަން ނޫން ކަމަށްވެސް ޝެއިޚް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއަދު ޒުވާނުން ޕާޓީ ކުރަމުން ދާއިރު ހިލޭ ލިބޭ  ޝަރާބުތަކަކީ ކޮބައިކަން އެބަ އިނގޭ ކަމަށާއި ޕާޓީތަކުގައި ބައެއް މީހުން މަސްތުވެގެން ނުވަތަ ޑްރަގްސް ފަދަ ތަކެތި ބޭނުން ކޮށްގެން އޯވާޑޯސްވެގެން ނުވަތަ މަރުވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިފައި އެބަހުރި ކަމަށެވެ. އަދި މިއީ އެއްވެސް ހަފްލާއަކާއި ގުޅިގެން ދައްކާ ވާހަކައެއް ނޫން ކަމަށާއިއަޅުގަނޑުމެން ސިފަކުރަންވީ މިއީ ޒުވާނުން މުނިފޫހިފިލުވުމަށް ހިނގަމުން އަންނަ ކަންކަން ކަމަށެވެ.

މުޖުތަމައެއް ހަލާކުކޮށްލުމަށް ނުވަތަ ބަލިކަށި ކޮށްލަން ބޭނުންނަމަ ޒުވާނުން ބަލިކަށި ކޮށްލާ އެބައިމީހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަކީ އަދުއްވުންގެ އެންމެ ބޮޑު ރޭވުމެވެ. ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. މުނާފިގުންގެ 3  އަލާމާތެއްވެއެވެ. ވާހަކަދައްކާފިނަމަ ދޮގު ހަދާނެއެވެ. ވަޢުދެއް ވެއްޖެނަމަ ވަޢުދާ ޚިލާފުވާނެއެވެ. އަމާނާތެއް ހަވާލު ވެއްޖެނަމަ އަމާނާތަކަށް ޚިޔާނާތްތެރިވާނެއެވެ. ވާހަކަދައްކާފިނަމަ ޣަދަރުވެރިވާނެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ގައިގައި މި ސިފަތައް ހުރިތޯ ބަލާ އެފަދަ ކަންކަމުން ބަރީޢަވުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.