ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ.
މުފްތީ މެންކް މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މީހަކަށް ފައިސާ ލިބެން ފަށާއިރަށް އިބިލީސް އަންނާނެއެވެ.އައިސް ނުބައި ޢަމަލުތައް ކުރުމަށް ހިތްވަރުދޭނެއެވެ. މީގެ އިތުރުން އަބަދުވެސް ހަދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވާ ފަރާތަކީ ﷲ ތަޢާލާ ކަމެވެ. އަދި ﷲ ތަޢާލާ އެކަލާނގެ އަޅާ ތަނަވަސްކޮށްދެއްވުމަށްފަހު އެފައިސާ ޚަރަދުކުރާ ގޮތް ބައްލަވާ ވޮޑިގެންވެއެވެ. އެއީ އެފައިސާ ޚަރަދުކުރަނީ ޙަލާލު ގޮތުގައިތޯ ނުވަތަ ތިމާ ޚަރަދުކުރަން ޖެހޭ ކަންކަމުގައިތޯ ބައްލަވާވޮޑިގެންވެއެވެ.
އަދި ހަމަ އެހެންމެ އާމްދަނީ ލިބޭ ވަގުތު ނުވަތަ ވަޒީފާގައި އުޅޭއިރު އަނބިދަރީން ނުތިބެދާނެއެވެ. ނަމަވެސް ކޮންމެ މީހެއްގެވެސް މައިންބަފައިން ނުވަތަ އެހީ ފޯރުކޮށްދޭން ޖެހޭނެ ބަޔަކު ތިބޭނެ ކަމުގައެވެ. އަދި ލިބުނު މިންވަރަކުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމާއި ފަޤީރުންނާއި ސަދަޤާތްކުރުމާއި ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް ޚަރަދުކުރުމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ އެކަންކަން ނުކޮށްފިނަމަ އެމީހަކަށް ދެއްވާ މިންވަރު ﷲ ތަޢާލާ މަދުކުރައްވާނެކަމާއި ދަތި އުދަނގޫ ހާލަތްތައް މެދުވެރި ކުރައްވާނެކަން އަޅުގަނޑުމެންނަށް ދުނިޔެއިން އަބަދުވެސް ފެންނަމުންދާކަމުގައެވެ. އެހެންކަމުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޚަރަދުކުރުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމުގައެވެ.
ޚިޔާލު