ދަރުސް ޚަބަރު ޝައިތާނާ އަބަދުވެސް ހުންނާނީ ފިތުނައާއި ހަސަދަ އުފައްދާނެ ފުރުސަތަކަށް ބަލަބަލާ: މުފްތީ މެންކް

ޝައިތާނާ އަބަދުވެސް ހުންނާނީ ފިތުނައާއި ހަސަދަ އުފައްދާނެ ފުރުސަތަކަށް ބަލަބަލާ: މުފްތީ މެންކް

Komme Kamakun Shifa Hoadhan Ves Kiyavan Jeheyny Keerithi Quran Aa Sunnathun: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިތާނާ އަބަދުވެސް ހުންނާނީ ފިތުނައާއި ހަސަދަ އުފައްދާނެ ފުރުސަތަކަށް ބަލަބަލާކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ބައެއްފަހަރު އަޅުގަނޑުމެންނަށް ފެންނަ ހުވަފެންތައް އަމިއްލަ އާއިލާއާއި ވެސް ހިއްސާ ނުކުރުމަށެވެ. އަދި ލިބިދާނެ އުފާވެރި ޚަބަރެއްވެސް އަދި ނިޢުމަތެއްވެސް މީހުންނާއި ހިއްސާ ނުކުރުމަށެވެ.

މީގެ އިތުރުން ޔޫސުފުގެފާނަށް ހުވަފެންފުޅު ފެނިވަޑައިގަތުމުންވެސް ޔަޢުޤޫބުގެފާނު އެހެން ބޭފުޅުން ގާތު އެހުވަފެންފުޅުގެ ވާހަކަ ނުދެއްކެވުމަށް ވިދާޅުވިކަމެވެ. އެއީ އެބޭފުޅުންގެ ޙަސަދައަށް ބިރުފުޅުވެވަޑައިގެންނެވެ.  އަދި އެހުވަފެންފުޅުގެ މާނަ އިނގިވަޑައިގަތުމުންވެސް ޔޫސުފުގެފާނަށް ވިދާޅުވެނުދެއްވެވިކަމެވެ.

ނިންމާލަމުން ވިދާޅުވެފައިވަނީ ޢާއިލާއާއި އެކު ކުރަންއުޅޭ ދަތުރުތަކުގެ ވާހަކައާއި، ވިޔފާރީގައި ލިބޭ ކުރިއެރުމުގެ ވާހަކަވެސް މީހުން ކައިރި ނުކިޔުމަށެވެ. އެހެނީ ޝައިތާނާ ހުންނާނީ ފިތުނަ އުފައްދާނެ ފުރުސަތަކަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.