މަރު އައިސް ބައްދަލު ކުރާއިރު މަރަށް ތައްޔާރު ވެވެނީ ވަރަށް މަދު ބަޔަކަށް ކަަަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ގިނަ މީހުން ކަންބޮޑުވަނީ ބަލިވެގެން ބޭސްފަރުވާ ކުރިނަމަވެސް ޝިފާނުލިބި އަދި ކުރާ ދުޢާވެސް އިޖާބަނުވެ މަރުވެގެން ދިއުމެވެ. ނަމަވެސް ވިސްނާ ފިކުރުކޮށްފިނަމަ އެގޮތުގައި މަރުވުމަކީ އެމީހަކަށް ފައިދާ ބޮޑު ގޮތަަކަށް ވެދާނެކަމަށެވެ.
އަދި ބަލީގައި ދުވަސްތައް ހޭދަކޮށްފިނަމަ މަރަށް ތައްޔާރުވުމަށްޓަކައި ލިބިގެންދާ ފުރުސަތަކަށް އެކަން ވެގެންދެއެވެ. މީގެ އިތުރުން ޤަބޫލުކުރަންޖެހޭ ކަމަކީ ބަލިވެގެން ނަމަވެސް އަދި ބަލިނުވެ ނަމަވެސް ކަނޑައަޅުއްވާފައިވާ މުއްދަތު ހަމަވުމުން ﷲ ގެ ޙަޟްރަތައް ރުޖޫޢަވާނެކަމެވެ.
އަދި ހަަމަ އެހެންމެ ގިނަގިނައިން ޛިކުރުކޮށް އީމާންކަން މަތީގައި، ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދެވުން އެދި ދުޢާކުރަމުން ގެންދިޔުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. ކޮންމެ ދުވަހަކުވެސް ފަތިސްނަމާދަށްފަހު ޛިކުރުކުރުމުން ފަށާދުވަހަކަށް ހެދުމަށެވެ. ވަގުތުތައް ފާއިތުވަމުންދާވަރަކަށް ކުރަންޖެހޭ އަޅުކަން ކުރުމުގައި ދެމިހުރުމަށްވެސް ޝެއިޚްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ މަރަށް އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުވުމަށްޓަކައި ވީހައި ވެސް ގިނައިން އަޅުކަންކުރުމާއި އެކު މަރުވުމަށްފަހުގައި ވެސް ތިމާއަށް ޘަވާބު ލިބިލިބި ހުންނާނެ ކަންކަން ކުރިއާލައި ކުރަމުން ގެންދިއުމަށާއި ވީހައި ގިނައިން ޞަދަޤާތް ކުރަމުން ގެންދިއުމަށެވެ.
ޚިޔާލު