އިސްލާމީ ޝަރީޢަތުގައި ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ލައްވާފައިވާކަމަށް އައްޝައިޚް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ޝެއިޚް ސިނާން މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިހިސާބަށް އައި އިރުގައި ގާޒީންގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ޝަރުޢީ ޢިލްމު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ނޫންކަމުގައެވެ. އަދި ޚާއްސަކޮށް އަޅުގަނޑުމެން މިއަދު ދުނިޔޭގައިވާ އިސްލާމީ އެކި ޤައުމުތަކަށް ވިސްނާ ފިކުރު ކޮށްލި ކަމުގައިވީނަމަވެސް، ކޯޓުތަކުގައި ވަކާލާތުކުރަނީ އިސްލާމީ ޝަރީޢަތް އެނގިލައްވާގެނެ ކަމުގައެވެ.
އަދި ހަމަ އެހެންމެ ހަމައެކަނި އިސްލާމީ ޝަރީއަތުގެ ފަރާތުންވެެސް މީސްތަކުންނަށް ފޯރުކޮށްދެވޭކަން އަޅުގަނޑުމެންނަށް އެފަދަ ޤައުމުތަކަށް ބަލާލުމުން އެނގިގެންދެއެވެ. އެހެންކަމުން އަޅުގަނޑުމެން މިއަދު އިސްލާމީ ޝަރީއަތް އެކަހެރިކުރަން އުޅޭތީ ވަރަށް ބޮޑަށް ކަންބޮޑުވަމެވެ. އިސްލާމީ ފިޤްހްގެ ތެރޭގައި އެކި އެކި އާއިލީ މައްސަލަތަކާއި، އެކި އެކި އާއިލީ މައްސަލަތަކާއި، ހަމަ އެފަދައިން އޭގެ ތެރޭގައި ޤިޔާސްގެ މައްސަލަތަކާއި ވަރަށް ގިނަ މައްސަލަތަކުގެ ޙައްލުކުރާނެ ގޮތް އެންމެ ފުރިހަމައަށް ބަޔާން ކޮށްދެއްވާފައިވަނީ އިސްލާމީ ޝަރީޢަތުގައިކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ގޮތަށް އަޅުގަނޑުމެންގެ ތާރީޚުގައި ވެސް ވަނީ ހުކުމް ކުރެވިފައެވެ. އަދި އިސްލާމީ ޝަރީޢަތް އެއްފަރާތް ކުރުމަށްފަހު މީސްތަކުން ހަދާފައިވާ ޤާނޫނުތަކެއް އެއީ މާމޮޅުކަމެއްގެ ގޮތުގައި ބެލެވި، އިސްލާމީ ޤައުމެއްގައި ހަމައެކަނި އޭގެ މައްޗަށް ބިނާވާކަމުގައިވާނަަމަ އެއީ ޙަޤީގަތުގައި ބިރުހުރި ކަމެއް ކަމުގައެވެ.
ޚިޔާލު