ރާއްޖޭގެ ޚަބަރު

ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ "ފަސޭހަ މުޤައްރަރު" ހިލޭ ޑައުންލޯޑް ކުރައްވާ!

ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ "ފަސޭހަ މުޤައްރަރު" މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

"ފަސޭހަ މުޤައްރަރު" ގެ ނަމުގައި ނެރެފައިވާ މިފޮތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއެރޒް އިން ފާސްކޮށްފައިވާ ފޮތެކެވެ. ދިވެހި އަދި އަރަބި ބަހުން ލިޔެވިފައިވާ މި ފޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ފާސްކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

މި ފޮތް ލިޔުއްވާފައިވަނީ ޝުޢައިބު އަލީ އެވެ. ޝުޢައިބު އަލީ އަކީ ޤުރުއާން އުނގަންނައިދިނުމުގައި ދުވަސްތައް ހޭދަކުރަށްވަމުން އަންނަ ފަރާތެކެވެ. ޝުޢައިބު އަލީ ލިޔުއްވާފައިވާ މިފުރިހަމަ ފޮތަކީ ކީރިތި ޤުރުއާންގެ ޢިލްމު އުނގެނޭ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތެކެވެ.

މި ފިލާވަޅުތައް ފޮތެއްގެ ގޮތުގައި ޗާރޕްކޮށް، ޝާއިޢުކުރުމުގެ އެންމެ ބޮޑު މަޤުސަދެއްކަމުގައި މި ފޮތުގެ މުޤައްދިމާގައި ޝުޢައިބު އަލީ ފާހަގަކުރަށްވާފައިވަނީ، ކީރިތި ޤުރުއާން ކިޔަވައިދިނުމުގައި އާންމުކޮށް ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ގެނައުން ކަމުގަ އެވެ.

"ފަސޭހަ މުޤައްރަރު" މި ފޮތް ލިޔެ އާންމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނައިދިނުމަށް މިހާތަނަށް ކުރު މުޤައްރަރެއް ލިޔެފައިވާކަން ފާހަގަ ކުރެވިފައި ނުވާތީ އާއި، އެކި އެކި ހިސާބުތަކުގައި އެކި ގޮތްގޮތައް ކިޔަވައިދިނުމުގެ ސަބަބުން އެކި މައްސަލަތައް ކުރިމަތިވާތީ އެކަން ހައްލުކުރުމުގެ އުއްމީދުގައެވެ. އަދި މުސްލިމެއްގެ ޙައިސިއްޔަތުން މި ފޮތުގައިވާ މިންވަރަށް ކީރިތި ޤުރުއާން އުނގެނި އަނެކާއަށް ބުނެދޭންވެސް އެނގުމީ ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ."

މިފޮތް ނެރުމުގެ ސަބަބެއްގެ ގޮތުގައި ޝުޢައިބު އިތުރަށް ފާހަގަކުރެއްވިއެވެ.

"އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި މުޤައްރަރަކީ ދިވެހި އަދި އަރަބި ބަހުން އެކުލަވާލެވިފައިވާ އަޖަމީންނަށް (އަރަބި ނޫން މީހުންނަށް) ފަސޭހަވާނޭހެން ތައްޔާރުކުރެވިފައިވާ ފޮތެއް. މީގެ އިތުރުން މި ފޮތަކީ ބަލައިގެން ޤުރުއާން ކިޔަވާ ފަރާތްތަކަށް ދިމާވާ ދަތި ކަންކަމަށް ލުއި ފަސޭހަކަމެއް ލިބިގެން ދާނެގޮތައް ފަރުމާކުރެވިފައިވާ ފޮތެއް."ކަމަށެވެ. ޝުޢައިބު ފާހަގަ ކުރެއްވި ގޮތުގައި "ޤުރުއާން ޢިލްމު ކިޔެވުމުގެ ޢިލްމުގައި މީސްތަކުން ދެ ބަޔަކަށް ބެހިގެންވާ ކަމަށާއި އެއީ ޙާއްސަ މީހުންނާއި ޢާންމު މީހުން. ހާއްސަ މީހުންގެ ގޮތުގައި ބަލަނީ ޤުރުއާން އުނގަންނައިދޭ ފަރާތްތައް ކަމަށާއި އަދި އާންމު މީހުންގެ ގޮތުގައި ބަލަނީ ޤުރުއާން އުނގެނެމުން އަންނަ މީހުންނަށް ކަމަށެވެ. އެގޮތުން މި ފޮތަކީ އޭގެތެރެއިން އާންމު މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެއް" ކަމުގައި ޝުޢައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ފޮތް ތަރުތީބުކޮށްފައިވާ ގޮތައް ބަލާއިރު، ތަރުތީބުކުރެވިފައިވަނީ ފިލި ދަސްކުރާ ކުދިންނަށް ދިމާވާ އެކި ކަހަލަ އުނދަގޫތައް ހައްލުކުރެވޭނޭ ފަދަ ގޮތަަކަށެވެ. އަދި ލިޔުމުގައި އޮޅުން އަރާ އަކުރުތަކާއި ކިޔުމުގައި އޮޅުންއަރާ އަކުރުތައް ކޮންމެ ފިލާވަޅެއް ނިމުމާއިއެކު ފަރިތަކުރެވޭނޭހެން ތައްޔާރުކުރެވިފައިވާ މި ފޮތަކީ ކަލިމަ ދަސްކުރާވަރުގެ ކުދިންނަށްވެސް ދަސްކުރަށް ފަސޭހަވާނޭ ފަދަގޮތަކަށް އެކުލަވައިލެވިފައިވާ ފޮތެކެވެ.

މިފޮތުގައި ކަލިމަތައް މަދުކަމަށް ފެނުނުކަމުގައިވިޔަސް މިފޮތުގެ ކަލިމަތަކަށް ފަރިތަވުމުން ދެން ހުރި ކަލިމަތަކަށްވެސް ކުއްޖާ އިރާދަކުރެއްވިއްޔާ ފަރިތަވެެގެން ދާނެ

ޝުޢައިބު ފާހަގަކުރެއްވިއެވެ.

މިއިން ކޮންމެ ބައެއްވެސް ވަރަށް ތަފްޞީލްކޮށް މި ފޮތުގައި ވަނީ ގެނެވިފައެވެ.

މި ފޮތުގައި ޖުމްލަ 60 ޞަފްހާ ހިމެނޭއިރު ފޮތުގެ 55 ޞަފްހާގައި ވަނީ މަޢުލޫމާތުން ފުރިގެންވާ މިފަދަ އެކި އެކި ފިލާވަޅުތަކެވެ. މިހާރު މިފޮތް އެއްވެސް އަގަކާއި ނުލާ ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ޢާންމުންނާއި ހިސާބަށް ފޯރުކޮށްދޭނަމެވެ.

ޑައުންލޯޑް ކުރައްވާ:

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *