ރާއްޖޭގެ ޚަބަރު

އާބާތުރަ ފިލުވުމަށް ބަންދުކުރެވިފައިވާ ހުކުރު މިސްކިތް ހުޅުއްވައިފި

Aabaathura Filuvumah Bandhu Kurevifaiva Hukuru Miskiyya Bandhu Koffi

މަރާމާތުކޮށް، މިސްކިތުގެ އާބާތުރަ ފިލުވުމަށްޓާކައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންދުކުރެވުނު ހުކުރު މިސްކިތް ހުުޅުއްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފަިވާ ގޮތުގައި މިއޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން، މާލޭ ހުކުރު މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުއްދަ ދެއްވުމަށް ވަނީ ނިންމަވާފައެވެ.

"އާބާތުރަ ފިލުވުމަށް ނާމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތުގައި 14 ޞަފަރު 1442ހ. (1 އޮކްޓޫބަރު 2020) ވާ ބުރާސްފަތި ދުވަހުގެ ޢަޞުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރުމަށް ނިންމާފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިސްކިތުގައި ނަމާދުކުރަން އަލުން ފަށާއިރު، ކޮވިޑް19 އާއި ގުޅިގެން  @HPA_MV އާއި ކަމާއިބެހޭ އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ބޭފުޅުންވެސް ޢަމަލުކުރުމަށް ދަންނަވަމެވެ." އެބޭފުޅުން ޓްވީޓު ކުރައްވާފައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރާމާތަށްޓަކައި ހުކުރު މިސްކިތް ކުއްލި ގޮތަކަށް ބަންދު ކުރެވުނުއިރު، މިނިސްޓަރ ޔުމްނާ ޢަބްދުލްޤައްޔޫމު ވިދާޅުވެފައިވަނީ އެމިސްކިތުގެ އާބާތުރަ ފިލުމުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށެވެ. އެހެނަސް، ކޯވިޑް 19 ގެ ޢާލަމީ ވަބާއާއި ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހުމުން، މަސައްކަތްތައް އަލުން ފެށެންދެން މިސްކިތް ހުޅުވަން ނިންމަވާފައިވާ ކަމަށް މިދިޔަ މެއި މަހު މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *