ދަރުސް ޚަބަރު ހުރިހާ ޒަމާނެއްގައި ވެސް ޔަހޫދީން ވަނީ ނަބީބޭކަލުން ދޮގުކޮށްފައި: ޝެއިޚް ސިނާން

ހުރިހާ ޒަމާނެއްގައި ވެސް ޔަހޫދީން ވަނީ ނަބީބޭކަލުން ދޮގުކޮށްފައި: ޝެއިޚް ސިނާން

Sihuruveriyaa Allah Thalaa Ah Uredhey Varakah Shaithaanaa Sihuruveriya Ah Kankan Kodhey: Sheikh Sinan

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުރިހާ ޒަމާނެއްގައި ވެސް ޔަހޫދީން ވަނީ ނަބީބޭކަލުން ދޮގުކޮށްފައިިި ކަމަށް އައްޝައިޚް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ސިނާން މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ތާރީޚީ ގޮތުން ބަލާއިރުގައި ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ބިމެއްކަމަށެވެ. ނަމަވެސް ޔަހޫދީން ދައުވާ ކުރަނީ އެއީ ޔަހޫދީންނަށް އެބިން ލިބެންޖެހޭނެ ކަމަށެވެ. އަދި މިކަން އެންމެ ފުރަތަމަ ދިރާސާކުރި ބޭފުޅުން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރި ވެފައިވަނީ ކަންޢާނީންގެ ބައެއްކަމަށެވެ. ކަންޢާނީންނަކީ އަރަބި ދަރިކޮޅުގެ ބައެކެވެ.

އަދި ހަމަ އެހެންމެ ކަންއާނީންގެ ފަހުން ޒަމާންތައް އައިސް އެތަނުގައި މަސްޖިދުލްއަޤްޞާ ބިނާކުރެވުނެވެ. އަދި ހުރިހާ ނަބީބޭކަލުންގެ ޒަމާންތަކެއްގައި ވެސް އެބައި މީހުން ވަނީ ނަބީބޭކަލުން ދޮގުކޮށްފައެވެ. އަދި ނަބިއްޔުން ޤަތުލުވެސް ކޮށްފައެވެ. ﷲ ތަޢާލާ އެބައިމީހުންގެ ކިބައިން އެތައް ޢަހްދެއް ހިފުނު ހިނދުގައި ވެސް އެ ޢަހްދުތަކަށް ފުރަގަސްދިނެވެ. ބައިތުލްމަޤްދިސަށް ވަނުމަށް އަމުރުކުރެއްވުމުން އެބައިމީހުން އެކަމަށް އިންކާރުކުރި ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައި އެބަހުރިކަމަށް ވެސް ވިދާޅުވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.