ބ އަތޮޅުގެ ރަށްތަކުގައި ދަރުސް ޕްރޮގްރާމެއް ބާއްވައިފި

ބ އަތޮޅުގެ ރަށްތަކުގައި ދަރުސް ޕްރޮގްރާމެއް ބާއްވައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ބ އަތޮޅުގެ ރަށްތަކުގައި ދީނީ ވަޢުޡު ވިދާޅުވުމުގެ ޕްރޮގްރާމެއް މިހަފްތާގެ އާދީއްތަ ދުވަހު ކުރިއަށް ގޮސްފިއެވެ.

ބ ހިތާދޫއަށް ނިސްބަތްވާ ޒުވާނުންގެ ޖަމާޢަތެއް އިސްނަންގަވައިގެން ކުރިއަށް ގެންދެވޭ މިދަރުސް ޕްރޮގްރާމަކީ އެއަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މާތް މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މިގޮތުން މިޕްރޮގްރާމުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓާއި، މާޅޮސް، ދަރަވަންދޫ، ދޮންފަނު އަދި ކިހާދޫ މިރަށްތަކުގައެވެ. މިސިލްސިލާ ޕްރޮގްރާމުގައި ދަރުސް ދެއްވާފައިވަނީ ބ.ހިތާދޫ އަށް ނިސްބަތްވެވަޑައިގަންނަވާ މަދީނާގެ ޖާމިޢާ އިސްލާމިއްޔާގެ ޝަރީޢާ ކުއްލިއްޔާއިން ތަޚައްރުޖުވެ ވަޑައިގެންފައިވާ އައްޝައިޚު މުޙައްމަދު ޙަލީމާއި، ހަމަ އެރަށަށް ނިސްބަތްވެވަޑައިގަންނަވާ، މަދީނާގެ ޖާމިޢާ އިސްލާމިއްޔާގައި ކިޔަވާ ވިދާޅުވާ އަލްއަޚް ޢާޒިމް ޚާލިދެވެ.

އާދިއްތަ ދުވަހު ފެށިފައިވާ މިދަރުސް ޕްރޮގްރާމުގައި، އެދުވަހުގެ މެންދުރު ނަމާދަށްފަހު ދަރުސް ދެވިފައިވަނީ އޭދަފުއްޓާއި މާޅޮހުގައެވެ. އެއަށްފަހު ޢަޞްރު ނަމާދަށްފަހު ދަރަވަންދޫ އާއި، ދޮންފަނުގައި ދަރުސް ދެއްވުމަށްފަހު، ޢިޝާ ނަމާދަށްފަހު ދަރުސް ދެއްވާފައިވަނީ ކިހާދޫ ގައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.