ރާއްޖޭގެ ޚަބަރު އުތެމަ އަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް: ކުރީގެ ހޯމް މިނިސްޓަރ އުމަރު

އުތެމަ އަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް: ކުރީގެ ހޯމް މިނިސްޓަރ އުމަރު

އުތެމަ އަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް: ކުރީގެ ހޯމް މިނިސްޓަރ އުމަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުތެމަ ޖަމިއްޔާއަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"އުތަމަ" ނަމުގައި ރާއްޖޭގައި ހިންގާ ޖަމިއްޔާއަކުން ދީނާއި ޚިލާފު ރިޕޯޓެއް ނެރެފައިވާތީ އުމަރު ވިދާޅުވީ "މި ފަދަ ޖަމިއްޔާތައް އުވާލަން ޖެހޭ" ކަމަށާއި "އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ މެދު ނަފްރަތު އުފައްދާ މީހުނަށް ގާނޫނީ ހުކުމެއް ނާންނަހާ ހިނދެއްގައި މި މީހުންގެ މަސައްކަތް އެކި ނަންނަމުގައި އެކި ސިފަސިފައި ގައި ކުރިއަށް ގެންދާނެ." ކަމަށެވެ.

އިތުރަށް އުމަރު ވިދާޅުވީ އުތެމަ ޖަމިއްޔާއަކީ ވެސް އެމްޑީއެން ގެ ފިކުރުގެ ޖަމިއްޔާއެއް ކަމަށާ ހުޅަނގުގެ ފައިސާ އާއި މަދަދުގައި އެފަދަ ޖަމިއްޔާތަކުން ކުރާ ކަމަކީ އިންސާނީ ހައްގާއި އަންހެނުންގެ ހައްގުގެ ނަންފިލާގަނޑުތައް ބޭނުން ކޮށްގެން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބު ކޮށް ދީނީ އިލްމުވެރިންގެ އަގު ވައްޓާލާ، ދީނާ މެދު ނަފުރަތު އުފެއްދުން ކަމަށެވެ.

އުތެމަ އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. މީގެ ކުރިން ވަނީ "އެމްޑީއެން" ކިޔާ ޖަމިއްޔާއަކުން ހަމަ މިފަދަ ރިޕޯޓެއް ނެރެފައެވެ. އެމްޑީއެން ރިޕޯޓުވެސް އުތެމަ ރިޕޯޓްވެސް ނެރެފައިވަނީ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" ކިޔާ ބޭރުގެ ޖަމިއްޔާއަކުން ފަންޑު ދީގެންނެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.