ދަރުސް ޚަބަރު މުއުމިނުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވުރެ ބޮޑަށް ނަބިއްޔާއަށް އަހައްމިއްޔަތުކަން ދޭންޖެހޭ:ޝައިޚް އަޙްމަދު ސަމީރް

މުއުމިނުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވުރެ ބޮޑަށް ނަބިއްޔާއަށް އަހައްމިއްޔަތުކަން ދޭންޖެހޭ:ޝައިޚް އަޙްމަދު ސަމީރް

Geyga Anhen Myhaa Adhaa Kuramun Dhany Varah Bodu Zimmaa Eh: Sheikh Sameer

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުއުމިނުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވުރެ ނަބިއްޔާއަށް އަހައްމިއްޔަތުކަން ދޭންޖެހޭނެ ކަމަށް ޝެއިޚް އަހްމަދު ސަމީރް ވިދާޅުވެއްޖެއެވެ.

ޝައިހް މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފުން ބޭއްވި އުއްމަހާތުލް މުއުމިނީން ސިލްސިލާ ޕްރޮގްރާމްގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އަހްމަދު ސަމީރު ވިދާޅުވީ އެކަލޭނގެފާނުންގެ އާލުންގެ ބައިތުންނަށް އިހްތިރާމްކޮށް ޤަދަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެބޭކަބަލުންނަށް ދުނިޔޭގައި ވެސް ވަނީ ވަރަށް މަތިވެރި މަޤާމެއް ދެއްވާފައެވެ. ސަހާބީ ބޭކަލުންވެސް ވަނީ ރަސޫލާގެ އަނބި އަނބި ކަނބަލުންނަށް އިހްތިރާމް ކުރައްވާފައެވެ.

އަދި ހަމަ އެހެންމެ އަޅުގަނޑުމެން ނަމޫނާއެއް ކަމުގައި ބަލާ ޚާއްސަ ލޯތްބެއް ދޭން ޖެހޭނެ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

ޓެގް

ދަރުސް ޚަބަރު ދިއިސްލާމް ދީން ދަރުސް ވީޑިއޯ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.