ރާއްޖޭގެ ޚަބަރު ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ އާދިއްތަ ދުވަސް، ޢީދު މުބާރިކް

ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ އާދިއްތަ ދުވަސް، ޢީދު މުބާރިކް

ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ އާދިއްތަ ދުވަސް، ޢީދު މުބާރިކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 24 ވާ އާދިއްތަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅައިފިއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމިކް މިނިސްޓްރީއިން އިއްވި ބަޔާނުގައި ބުނެފައިވަނީ ފިޠުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ޘަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް އެދޭ ކަމަށާއި އީދު ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އިސްލާމީ ގިނަ ޤައުމުތަކަށްވެސް ފިޠުރު ޢީދުވަނީ އާދިއްތަ ދުވަހުއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ދިއިސްލާމްގެ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަމެވެ. ޢީދު މުބާރިކް

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.