ކޮވިޑް-19ގެ ހާލަތަލާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަކީ ފަގީރުންގެ ލިސްޓަށް އަރާނެ ބައެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެޓީވީއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެފައިވަނީ "ކޮވިޑް-19ގެ މިހާތަލާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަކީ އެއީ ފަގީރުންގެ ލިސްޓަށް އަރާނެ ބައެއް ނޫން" ކަމަށާއި "އެއީ ވަގުތީ ގޮތުން ހާލުގައި ޖެހޭ ފަރާތްތަކަށްވާތީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރުދުން ކުރަމުންދާ"ކަމަށެވެ،
ރާއްޖެޓީވީއަށް އިސްލާމިކް މިނިސްޓަރ ދެއްވި ބަސްދީގަތުމުގައި އިތުރަށް ވިދާޅުވެފައިވަނީ "މުޅި ރާއްޖެއަށް ބަލާއިރު، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ 8764 މީހުން، އަދި މާލެއިން އެކަނި ވެސް 1717 މީހުން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ" ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ އެންމެފަހުން އެކުލަވާލި ލިސްޓަކީ އެއީ 2019 އެކްޓޫބަރު މަހު ފައިނަލް ކޮށްފައިވާ ލިސްޓެއް ކަމަށާއި އެލިސްޓަށް މިނިސްޓްރީއިން ފިތުރު ޒަކާތް ބަހާނެކަމަށެވެ. އެލިސްޓަކީ އެއީ ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއަށް ފޯމް ފޮނުވާއިގެން ކަމާބެހޭ ފަރާތްތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ވަރަށް ރަނގަޅަށް ވެރިފައިކޮށް ހަދާފައިވާ ލިސްޓެއްކަމަށެވެ.
މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައިވާ ފަރާތްތަކަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެފައެވެ. މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓަށް ޒަކާތުގެ ފައިސާ ބަހަން ނިންމީ ކޮވިޑް19ގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީ ކަމަށް އިސްލާމިކް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

















advertisment
ޚިޔާލު