ރާއްޖޭގެ ޚަބަރު

ﷲއަށް ވަކީލު ކުރުމަކީ ސަބަބުތަކުގައި ހިފައިގެން ވަކީލު ކުރުން: ޝެއިޚް ނިމާލް

މާތްﷲ އަށް ވަކީލު ކުރުމަކީ އެކަމެއްގައި ލައްވާފައި އޮންނަ ސަބަބުތަކުގައި ހިފައިގެން އެކަނލާގެއަށް ވަކީލުކުރުން ކަމަށް އައްޝެއިހް ނިމާލު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއްގައި “ﷲއަށް ވަކީލު ކުރުން” އެ މައުޟޫގެ ދަށުން ވާހަކަދައްކަވަމުން ޝެއިހް ނިމާލް ވިދާޅުވީ ﷲ ސުބުހާނަހޫ ވަތައާލާގެ ހަޞްރަތުން އަންނަ ކަމެއް ވެއްޖިއްޔާ ކޮންމެ މީހަކަށްވެސް ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކޮށްގެން ހުންނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެއީ ﷲ އަށް ވަކީލު ކުރުން ނޫން ކަމަށް ވިދާޅުވެފައެވެ.

ވިދާޅުވީ އިލްމުވެރިން ﷲއަށް ވަކީލު ކުރުން ކަަމަށް ވިދާޅުވަނީ ސަބަބުތަކުގައި ހިފައިގެން ﷲއަށް ވަކީލު ކުރުން ކަމަށެވެ. ޝެއިހް ވިދާޅުވީ އެހެންކަމުން ރައްޔިތުންނަށް ކަމަކުން ރައްކާތެރިވުމަށް އޮންނަ މަގުތަކުގައި ހިފަން ޖެހޭނެ ކަމަށެވެ. އޭގެތެރޭގައި ސިއްހީ ލަފާދާރުން އިރުޝާދު ދެއްވާ ގޮތަށް އަމަލުތައް ބަހައްޓަންޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

“ސިއްހީ އިރުޝާދުތަކުގެ ތެރޭގައި ހިމެނޭ އަތް ދޮވުމާއި ސާފުތާހިރު ކަމަށް އިސްކަން ދިނުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ވީހާވެސް އެކަހަލަ ކަންކަން މަދު ކުރުމާއި މިފަދަ އެންމެހާ ކަންކަމަކީ ﷲއަށް ވަކީލު ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން،” ޝެއިހް ނިމާލް ވިދާޅުވިއެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ “ބަލާއާފާތް” ކޮވިޑް19 އިން ސަލާމަތްވުމަށްވެސް ސިއްހީ މާހިރުން ދެމުން ގެންދާ އިރުޝާދުތަކުގައި ހިފަން ޖެހޭނެ ކަމަށް ޝެއިހް ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *