އުހުދު ހަނގުރާމަ ނުނިމެނީސް، ނިމުނު ކަމަށް ހީކޮށް، މައިދާން ދޫކޮއްލީމާ ލިބުނު ފަދަ ނިކަމެތި ކަމެއި ލިބިދާނެކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ލިއުއްވި ޕޯސަޓެއްގައެވެ. މިޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ވައިރަހުން ސަލާމި ވި ކަމަށް އަދި އިޢުލާނެއް ނުކުރާކަމަށެވެ.
މިދުވަސް ވަރަކީ ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރި ކުޑަކުޑަ ވައިރަސައެއްގެ ކުރިމަތީ ބާރުގަދަ ގަޢުމުތައް ކުޑަކަކޫ ޖަހަމުންދާމަންޒަރެވެ. ކުރިއަރާފައިވާ ބޮޑެތި ގައުމު ތަކުންވެސް ބުނަމުންދަނީ ހަމަ އެންމެ ކަމެއް ކުރުމަށެވެ. ބޭރަށް ނުނިކުމެ ގޭގައި ތިބުން ނޫން ހައްލެއް ނެތްކަމަށް އެފަރާތްތަކުންދަނީ ބުނަމުންނެވެ.
ރަައްޖޭގައި މިވައިރަސް ޖެހުމު 13 މީހުންގެ ތެރެއިން 3 މީހަކު ބަލިން ރަނގަޅުވުމުން ގިނަބަޔަކު ދަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. އަދި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި ދެއްވާ އިރުޝާދުތަކަށް ބެލުމެއްނެތި މަގުމަތީގައި އުޅޭ ކަން ފާހަގަ ކޮށްލެވެއެވެ. މިވައިރަސްއިން ސަލާމަތްވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

















advertisment
ޚިޔާލު