ރާއްޖޭގެ ޚަބަރު

ދީނީ މައްސަލައެއްގެ ސަބަބުން 'އޭކޮން'ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވަނީ

ލިޔުނީ: އަލީ އަހްސަން

ދީނީ މައްސަލައެއްގެ ސަބަބުން 'އޭކޮން'ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ދުނިޔޭގެ މީޑިއާތަކުން ހާމަކުރަމުން އެބަދެއެވެ.

މުއުތަބަރުގޮތެއްގައި ހަބަރު ލިބިފައިވާގޮތުގައި ލަންކާގައި މިކޮންސެޓް ނުބޭއްވުނީ 'އޭކޮންގެ ވީޑިއޯ ލަވައެއްކަމުގައިވާ 'ސެކްސީ ޗިކް' މިލަވައިގައި އަންހެނަކު ނިވާކަން ކުޑަ ހެދުމެއްގައި ނަށާ މަންޒަރު ހިމަނާފައިވާއިރު ފަހަތުން ބުއްދާ ފެންނާތީ'އެވެ. އަދި 'އޭކޮން އަށް ވިސާ ނުދެވުނީ ބުދު ދީނުގެ މީހުންނާއި އެސަޤާފަތަށް އިހްތިރާމް ކުޑަކުރުމަކީ ސްރީލަންކާގައި ވަރަށް ސީރިއަސް މައްސަލައަކަށް ވާނެތީ.'ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭކޮން އަށް ސްރީލަންކާގެ އާންމުގެ ފަރާތުން ނުރުހުމުގެ އެތައް ބަސްތަކެއް ވަނީ މިމައްސަލާގައި ކުރިމަތިވެފައެވެ. އޭކޮންގެ ކޮންސެޓް ސްޕޮންސާރ ކުރި ފަރާތްތަކާއި އިންތިޒާމްކުރި ފަރާތްތަކަށްވެސް ރުޅިގަދަވެފައިތިބި ސްރީލަންކާގެ ރައްޔިތުންގެ ހަމަލާތައްވަނީ އަމާޒުކުރެވިފައެވެ. އޭގެ ތެރޭގައި ކޮންސެޓް ސްޕޮންސާރ ކުރި ކޮމްޕެނީއެއްގެ ހެޑްއޮފީހަށް ހަމަލާ ދިނުމުގެ ސަބަބުން ތިން މީހަކުވަނީ ޒަހަމްވެފައެވެ.

އޮރިޔާން އަންހެން ކުދިން ބޮޑަށް ފެނިގެންދާ އޭކޮންގެ ލަވަތަކުގެ ސަބަބުން 'އަންހެނުންގެ ހައްޤު'ތަކުގެ އިތުރުން ދީންތަކަށް އިހުތިރާމެއް ނުކުރާ ފަރާތެއްގެ ކޮންސެޓެއް ރާއްޖޭގައި ބޭއްވުމާއި މެދު ގިނަ ބަޔަކު ނުރުހުންތެރިވާކަން މިހާރު ދަނީ ފާޅުކުރަމުންނެވެ. ސްރީލަންކާއިން އަންހެންކުދިންގެ އޮރިޔާން ދައްކައިދޭ މަންޒަރުތަށް ހުރުމާއި އެމީހުންގެ ދީނަށް ހުރުމަތްތެރިކޮށް ނުހިތުމުން އޭކޮންއަށް 'ނޫނެކޭ' ބުނެފައިވާއިރު ރާއްޖެއިން އޭކޮން އަށް 'މަރުހަބާ'ކިޔާފައިވަނީ އޮރިޔާން އަންހެން ކުދިންގެ މަންޒަރުތައް ދެއްކުމަކީ މައްސަލައެއް ނޫންކަމަށް ބުނާ ހާލުގައެވެ.

އިންޑިއާގައި ބޭއްވި އޭކޮންގެ ކޮންސެޓެއްގައި އޭނާ ވަނީ ކޮންސެޓް ބަލަން އައިސްތިބި އޯޑިއަންސަށް ފުންމާލުމުގެ ސަބަބުން ފަޓުލޫނު ބާލުވާފައެވެ. ލަވަކިޔުމުގައި ގަމީސް ނުލައި ޖިންސް ސޮއްސައިލައިގެން ހުންނަ އޭކޮންގެ ލަވަތަކުގައި ރޯ އޮރިޔާމުން ތިބޭ އަންހެން ކުދިން ބޭނުންކުރުމަކީ އާންމުކަމެކެވެ. އޭކޮންއަކީ މުސްލިމެއްކަމުގައި ވިޔަސް އޭނާގެ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ ނުރުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސްގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރް އާއި ހަވާލާދީ އޭއެފްޕީއިން ހާމަކުރިގޮތުގައި 'އޭނާ (އޭކޮން) އައިސް ޕާފޯމްކުރަން ތައްޔާރުވަމުންދާތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން'ކަމަށެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ‘އޭކޮން’ގެ ކޮންސެޓް ރާއްޖޭގައި ބޭއްވިޔަދީގެން ނުވާނެއެވެ.‫​ މިކަމާ ކަމާބެހޭ ފަރާތްތަކުން މިކަމަށް ހުރަސް އަޅުއްވަން ޖެހޭނެއެވެ.‫​ އެއީ އެބޭފުޅުންގެ މަސްއޫލިއްޔަތެކެވެ.‫​ ‫​އަދި މިކަމަކީ ދިވެހި ރައްޔިތުންވެސް ނުރުހުން ފާޅުކުރަން ޖެހޭވަރު ކަމެކެވެ.‫​ އިސްލާމީ ޘަޤާފަތާ ނުގުޅޭ ހަރަކާތްތަށް އެތެރެކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ.

  2. ސަލާމް.‫ ތި ކަލޭގެ އައްޑޫ އަށް އަންނާނެނަމަ ކިހާ ރަނގަޅު.‫ އޭރުން ދެވަނަ ފަހަރު ލަވައެއް ކިޔާކަށް އޮރިޔާން އަންހެނުންނާއެކީ ނަށާކަށް ފަޓުލޫނު ބާލާކަށް ނުހުރުވޭނެ.‫ މާލޭގައި ތިބި އަޅުގނަޑުގެ ލޮބުވެތި އަޚުންނަށް ބުނެލަން ބޭނުންވަނީ ސާބިތުކަމާއެކީ ހިތްވަރު ކޮށްގެން ތިކަން ހުއްޓުވާށޭ.‫ ﷲއަށް ޓަކައި މި ފަސްގަނޑުގައި ތިކަހަލަ ކަމެއް ވިޔަ ނުދޭށޭ.‫ އޭނައަށް މަރުހަބާ ކިޔާނެ މީހުންވެސް ތިބޭނެ.‫ އެކަމަކު އަހަރުމެންނާ ވާދަނުކުރެވޭނެ.‫ އަހަރުމެން ކުރަން ބޭނުންވާ ކަމެއް އިންޝާﷲ ކުރާނަން.‫ ﷲގެ ދީނަށް އަބަދުވެސް ނަޞްރު ހޯދައިދޭނަން އިންޝާﷲ.‫ ﷲއަށްޓަކައި އަހަރުމެން ވީ ކޮންމެ ތާކުމެ ޖިހާދު ކުރާނަން، ނުހުއްޓުވޭނެ ނުހުއްޓުވޭނެ.‫

  3. އޭކޮން އަޔަސް ރިސޯޓު ތަކުގައި ޕާފޯމް ކުރަންވީ.‫​ ނަމަވެސް މާލޭގައި މިޙާރު ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެމީހެއްގެ ލަވަލަވައިގައި “އައި ވޮނަ ފަ– ޔޫ” އޭ ކިޔާ ނިވާކަން ކުޑަ ހެދުން ލައިގެން ތިބޭ ސްޓޭޖް ޑާންސަރސް ގެންގުޅޭ ވަރުގެ މީހަކު ގެންނަން ތަރުހީބު ދީގެން ނުވާނެ.‫​ މީނާ ޕަފޯމް ކުރާ ދުވަހަކީ މި މާލޭގެ ޒުވާނުންގެ މެޖޯރިޓީ އެތަނަށް ދާނެ ދުވަހެއް ކަމަށް ބެލެވޭ. މިފަހަރު އޭކޮން އާއެކު އޭނާގެ އަންހެން ނެށުން ތެރިންތައް ކްރައުޑް ތެރެއަށް ފުންމާ ނުލާނެ ކަމެއްވެސް ނޭނ‫​ގެ.‫​

  4. ދުނިޔޭގެ އެހެން އިސްލާމީ ގައުމު ތަކުން ވެސް ހަދާގޮތަކީ، މި ފަދަ ފަންނާނުން ނަށް އެ ގައުމަކުން ބޭނުންވާ ގޮތް އަންގަނީ.‫​ މިސާލަކަށް، މިދިޔަ އަހަރު “އޭކޮން” މެލޭޝިޔާ ގަ ކުޅުނު.‫​ އޭނާ އާއި އޭނާ ގެ ބޭންޑު، އަދި ނެށުންތެރިން ތިބީ ވަރަށް ނިވާކަން ބޮޑު ހެދުމުގާ.‫​
    މީހުން ފަހަތުން ދުވުމަކީ އަޅުގަނޑުމެންގެ ހަމަޔަކަށް ނުހަދަމާތޯ.‫​
    ވާހަކަ ދެއްކުމާއި، ބޭނުންވާ ގޮތް ބުނެދިނީމަ ލިބޭ ލޯތްބައި، ކުރާ ގަދަރު ވެސް ބޮޑުވާނެ ކަން ޔަގީން.‫​
    އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މެންނަށް މިކަމުގާ ހެޔޮކޮށް ޢަމަލު ކުރެވޭނެ މަގު ދަށްކަވާނެ.‫​

Your email address will not be published. Required fields are marked *