ސުކޫލުތަކުގައި ނަމާދުކުރެވޭނެ ގޮތް ފަހިވާންޖެހޭއެވެ. ބައެއް ފަރާތްތަކުން ސުކޫލުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައެއް ނުދެކެއެވެ. ނަމާދުވަގުތު ސުކޫލުގައި ނަމާދު އެޅުމަށްފަހު ހޭދަކުރާއިރު މިކުރެވޭކަމެއް ގިނަ ކުދިންނަކަށްވެސް ބެލެނިވެރިންނަކަށްވެސް ނޭނގޭ ކަހަލައެވެ. ފަހަކަށް އައިސް ބައެއް ސުކޫލުތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ވަރަށް އެދެވޭ ބަދަލެކެވެ. މިބަދަލާއި އެކު ޤަވައިދުން އެނަމާދުގެ ތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެހުމަކީ އެންމެ މުހިންމު ކަންތަކެވެ. ނަމާދުކުރެވޭނެ ގޮތް ނެތް ސުކޫލުތަކުގައި އެމަގު ފަހިކޮށްދިނުމަކީ މިހާރުން މިހާރަށް ކުރާންޖެހިފައިވާކަމެއްކަން ޔަގީނެވެ.














ޚިޔާލު