ރާއްޖޭގެ ޚަބަރުދިއިސްލާމް

ދިއިސްލާމް މަޖައްލާގެ ހަތް ވަނަ ޢަދަދު ނެރެފި

ދިއިސްލާމް މަޖައްލާގެ 7 ވަނަ ޢަދަދު އަދި އެހީތެރިވެދެއްވި ފަރާތްތަކުގެ ލޯގޯތައް - ޕޯސްޓަރ : ޢަބްދުﷲ ޝަފީޢު

 

ދިއިސްލާމް މަޖައްލާގެ 7 ވަނަ ޢަދަދުގެ ބޭރުގަނޑު އަދި މި ޢަދަދަށް އެހީތެރިވެދެއްވި ފަރާތްތަކުގެ ލޯގޯތައް - ޕޯސްޓަރ : ޢަބްދުﷲ ޝަފީޢު

ދިއިސްލާމް މަޖައްލާގެ ހަތް ވަނަ ޢަދަދު (2011 ޑިސެމްބަރ މަހުގެ ޢަދަދު) މިއަދު ބާޒާރަށް ނެރެފި އެވެ.

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ އަލްއުސްތާޛް އަޙްމަދު ފިރާސް ލިޔުއްވާފައިވާ "އިސްލާމިކް ބޭންކިންގެ ފެށުން" މިއެވެ.

އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި :

- އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ "ރިޒްޤާ މެދު ކަންބޮޑުވާން ޖެހޭ ސަބަބެއް އެބަވޭހެއްޔެވެ؟" ،

- އައްޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ "މާތް ﷲ ގެ ޝަރީޢަތް ތަންފީޒު ކުރުމަކީ ޒަރޫރީ ކަމެއް" ،

- އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ "ބުދުތައް ޙިމާޔަތް ކުރަމުންދާ ސިފައިންނާއި ފުލުހުން ކޮށްފައިވާ ހުވަޔަށް ކައްފާރާ ދޭން ޖެހޭނެ ހެއްޔެވެ؟"

- އައްޝައިޚް ޢަލީ ރިޟާ އަޙްމަދު ލިޔުއްވާފައިވާ "ޝައިޚް ދީދާތު އަވަހާރަކޮށްލީ ކާކު؟"

- އަލްއުސްތާޛާ މަރްޔަމް ޝަބާނާ ލިޔުއްވާފައިވާ "ޢިލްމު އުނގެނުމުގެ މާތްކަން" ،

- ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ "ޠަރީޤާ ތަފާތު ވެދާނެ، އެކަމާ ހެދި ރުޅިވެރި ނުވަމާ!" ،

- ޢަލީ ރަމީޒް ބިން ޤާސިމް ލިޔުއްވާފައިވާ "ބޮލުގެ އިސްތަށިގަނޑު ގުރައެއްހެން ހަދައި ކަންފަތުގައި ބޮޅާއި ނަޓު ހަރުކުރުމަކީ މޮޅުކަމެއް ނޫން!" ،

- ޢަޤްލީމާ ޢަބްދުއްރަޝީދު ލިޔުއްވާފައިވާ "ދިރިއުޅުމުގެ އަގުތައް ތިރިކުރުން ތިޔަބޭފުޅުންގެ އަތްމަތީ..."

- އަޙްމަދު ނިޝްވާން ލިޔުއްވާފައިވާ " ލޮނުމެދު، މާމުއި އަދި އެޕަލް ސައިޑަރ ވިނެގަރ އަކީ ތަފާތު އެތައް ބަލީގެ ފަރުވާއެއް" ،

- ޙުސައިން ހަބީބް ލިޔުއްވާފައިވާ "ޓެރަރިޒަމް ލޭބަލް ކުރެވެނީ ކޮންބަޔަކަށް؟"

- އާދަމް ނަސީމް ލިޔުއްވާފައިވާ "މަހާނައިގެ ވެލިން ގޮމަކަސްތޫރި ވަސް" ،

- ޙުސައިން ރަޝީދު ތަރުޖަމާ ކުރައްވާފައިވާ "ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ލޫންގެ ޚާއްޞަ ބަސްދީގަތުން" ،

- ޙުސައިން ސާލިމް ތަރުޖަމާ ކުރައްވާފައިވާ "ތަކާފުލް – އިސްލާމީ އިންޝުއަރެންސް ނިޒާމް" އަދި

- ޙަސަން ޝިޔާޒް ތަރުޖަމާ ކޮށްފައިވާ "ކާމިޔާބީގެ ރާސްތާ ވަޒަންކުރުމުގެ ބައެއް ނިޝާންތައް" ފަދަ ލިޔުންތައް ހިމެނެއެވެ.

އަދި "ސުވާލާއި ޖަވާބު" ، އިންފޮމޭޝަން ޓެކްނޮލޮޖީ" ، "ފޮތް ހަރުގަނޑު" ، "ކުޑަކުދިންގެ ޞަފްޙާ" ، "ސުފުރާ" ފަދަ ބައިތައް މިޢަދަދުގައި ވެސް ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕް ތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާގެ މިޢަދަދަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އަލްބަކޯ، އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ކޮޕިއަރ ޕްލަސް ޕްރައިވެޓް ލިމިޓެޑް، މެސެޖް އޮފް އިސްލާމް، 9އެމްއެމް އެނަރޖީ ޑްރިންކް މޯލްޑިވްސް، އަމާނާ ތަކާފުލް މޯލްޑިވްސް، ސަލަފް ލައިން، ޑިޖިޓަލް އެޑިއުކޭޝަން ސެންޓަރ، ޝޮޕް4މުސްލިމްސް.ކޮމް، ކިންޑަރގާޓަން ޓިއުޝަން ކުލާސް، ރާދަ ބުކްޝޮޕް، ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްލާޒާ އިންސެންސް، ދޮންދޫނި ލިޓްލް ލާރނަރސް، ފްރީޒް ބްރޭންޑް އަދި ރޭޑިއޯ އެޓޯލް ފަދަ ފަރާތްތައް ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *