ރާއްޖޭގެ ޚަބަރުދިއިސްލާމް

ދިއިސްލާމް މަޖައްލާގެ ހަވަނަ ޢަދަދު ނެރެފި

ދިއިސްލާމް މަޖައްލާ 6 ވަނަ ޢަދަދުގެ ކަވަރު.

ދިއިސްލާމް މަޖައްލާ 6 ވަނަ ޢަދަދުގެ ކަވަރު.

ދިއިސްލާމް މަޖައްލާގެ ހަވަނަ ޢަދަދު (2011 ނޮވެމްބަރ މަހުގެ ޢަދަދު) މިއަދު ބާޒާރަށް ނެރެފި އެވެ.

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ އައިޝަތު ސަޙްލާ ލިޔުއްވާފައިވާ "އެންމެން ދުނިޔޭގެ މެދަށް" މިއެވެ.

އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި އައްޝައިޚް ޢަލީ ރިޟާ އަޙްމަދު ލިޔުއްވާފައިވާ "ޢީދުގެ ތެރެއިން ދަރިން ތަރުބިއްޔަތުކުރުމަށް ފައިދާ ލިބިގަންނާނީ ކިހިނެއް" ، އައްޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ "ޙައްޖުވެރިން ނޫން މީހުންވެސް ޢަރަފާތް ދުވަހުގެ މާތްކަން ލިބިގަންނަމާ!" ، ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ "ޙައްޖުގެ އަޅުކަން ފިޔަވަޅަކުން ފިޔަވަޅެއް" ، ޙަސަން ޝިޔާޒް ލިޔުއްވާފައިވާ "ބުޚާރީގެ ދިވެހި ތަރުޖަމާއެއް ވުޖޫދަށް އައުން - ރާއްޖޭގެ ޢިލްމީ މައިދާނަށް ލިބުނު އާދިރުމެއް" ، އަޖުނާދު ޢަލީ ލިޔުއްވާފައިވާ "ޖިންނީންގެ ސަބަބުން ޖެހޭ އަންހެނުންގެ ބަލިތަކާއި އޭގެ ފަރުވާ" ، މުޙައްމަދު ވިޝާހް ލިޔުއްވާފައިވާ "ލޭގެ ކޯރުތައް ދެމެމުން ދަނީ" ، ޝައުން ޝަރީފް ލިޔުއްވާފައިވާ "ޤުރުއާނާއި ސައިންސް - 21 ވަނަ ގަރުނާ ވާދަކޮށްލެވޭބާ" ، އަލްއުސްތާޛާ މަރްޔަމް ޝަބާނާ ލިޔުއްވާފައިވާ "ތިބާ އަށް ހާވާލުކުރެވުނު އަމާނާތަށް ރައްކާތެރިވާށެވެ" ، ޒަމްޒަމް ފެނުގެ ބަރަކާތުން އިވުމާއި ވާހަކަދެއްކުން އަނބުރާ ލިބުނު މީހެއްގެ ވާހަކަ ފަދަ ލިޔުންތައް ހިމެނެއެވެ.

މީގެ އިތުރުން "ސުވާލާއި ޖަވާބު" ، އިންފޮމޭޝަން ޓެކްނޮލޮޖީ" ، "ފޮތް ހަރުގަނޑު" ، "ކުޑަކުދިންގެ ޞަފްޙާ" ، "ސުފުރާ" ފަދަ ބައިތައް މިޢަދަދުގައި ވެސް ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕް ތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާގެ މިޢަދަދަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި އަލްބަކޯ، ކޮޕިއަރ ޕްލަސް ޕްރައިވެޓް ލިމިޓެޑް، މެސެޖް އޮފް އިސްލާމް، 9އެމްއެމް އެނަރޖީ ޑްރިންކް މޯލްޑިވްސް، އަމާނާ ތަކާފުލް މޯލްޑިވްސް، ސަލަފް ލައިން، ކްރިސްޓަލް އިނޮވޭޝަން ޕްރައިވެޓް ލިމިޓެޑް، ކިންޑަރގާޓަން ޓިއުޝަން ކުލާސް، ރާދަ ބުކްޝޮޕް، އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްލާޒާ އިންސެންސް، ދޮންދޫނި ލިޓްލް ލާރނަރސް އަދި ފްރީޒް ބްރޭންޑް ފަދަ ފަރާތްތައް ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *