ރާއްޖޭގެ ޚަބަރު

ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް 75،000 ރުފިޔާގެ އިނާމު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑެތި ފައިސާގެ އިނާމުތަކެއް ދިނުމަށް ނިންމައިފިއެވެ. މިގޮތުން ޙާފިޒުންގެ ގޮފިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނައަށް އަންނަ ކޮންމެ ބައިވެރިއަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ކޮންމެ ގޮތްޕަކުން 2 ވަނައަށް އަންނަ ބައިވެރިންނަށް 50،000 ރުފިޔާ އަދި 3 ވަނައަށް އަންނަ ބައިވެރިންނަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ. މި އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުތަކުގެ އިތުރުން ދެވޭ އިނާމުތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިނާމުތަކުގެ ތެރޭގައި، މުޅި މުބާރާތުން ތިން ބައިން 1 ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ތަޢުލީމު ހާސިލުކުރުމުގެ ޚާއްސަ ސްކޮލަރޝިޕް ހިމެނެއެވެ. އަދި މި ފަރާތްތަކަށާއި މުއައްސަސާތަކުގެ ބައިން 1 ވަނަ ހޯދާ ތަނަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދެވޭނެއެވެ.

މީގެއިތުރުން، ރަން ވަނަތަކަށް ދާ ބައިވެރިންނަށް ޢުމްރާ ދަތުރެއް ހަމަޖައްސައިދިނުމަށްވެސް ވަނީ ނިންމާފައެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *