ރާއްޖޭގެ ޚަބަރު އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު: ޤުރުއާނާ ބެހޭ މަރުކަޒު

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު: ޤުރުއާނާ ބެހޭ މަރުކަޒު

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު: ޤުރުއާނާ ބެހޭ މަރުކަޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ސްކްރީންކުރުމަށްފަހުގައި ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެެވެ. މިގޮތަށް ނިންމާފައިވަނީ މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަޤްޞަދުގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ އެކި ބުރުތަކަށް ބަހާލައިގެންނެވެ. "މިހާރު ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުން އަންނަނީ ސްކޫލް މުބާރާތްތަކުން ސްކްރީންކުރެވިގެން އަންނަ ކުދިން. އެކަމަކު އެބަ އާދޭ ޤުރުއާން ކްލާސްތަކުން އަދި އެނޫން ގޮތްގޮތުން އަންނަ ދަރިވަރުން. އެކުދިންވެސް ދެން އަންނާނީ ސްކްރީންކުރެވިގެން" ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމުގައިވާ މި މުބާރާތުގައި ބައެއް ދަރިވަރުންގެ ފަރާތުން ޤައުމީ މުބާރާތެއްގައި ފެންނަންޖެހޭ ސީރިއަސްކަން ނުފެންނަ ކަމަށް ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގެ ފެންވަރާ އެކަށީގެންނުވާ ކުދިން ބައިވެރިވާކަންވެސް ފާހަގަކުރެއްވިއެވެ. މި ކަންކަމަށް ހައްލެއް ގެނައުމަށްޓަކައި ސްކްރީންކުރުމުގެ ނިޒާމެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1023 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޒުންގެ ބައިވެސް ހިމެނެއެވެ. މުބާރާތުގެ ނަތީޖާ އިއުލާނުކުރުން އޮންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވި ގޮތުގައި، މުބާރާތުގެ ފެންވަރު މަތިކުރުމަށް ގެންނަ ބަދަލުތަކާއެކު އައު ގަވާއިދު ގެޒެޓުކުރެވޭނެއެވެ. މި ބަދަލުތަކާއެކު މުބާރާތުގެ ފައިނަލް މަރުހަލާއަށް ދާނީ އެންމެ ވާދަވެރި އަދި އެންމެ ފެންވަރު މަތީ ދަރިވަރުންކަން ކަށަވަރުވާނެ ކަމަށް މަރުކަޒުން ވިދާޅުވެފައިވެއެވެ.

ޓެގް

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.