މަތީގައިވާ ފޮޓޯގައިވަނީ ޙައްޖުގެ ކަންތައް ބަލަހައްޓަމުން ގެންދާ ކޮންޓްރޯލް ރޫމްގެ މަންޒަރެކެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާގެ މަސްޖިދުއް ހަރަމްއަށް ޖަމާވާއިރު ސަލާމަތީ ކަންކަން ވަނި ވަރަށް ވަރުގަދަ ކުރެވިފައެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް އެތައް ސަތޭކަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީގެ އިތުރުން ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުންވެސް އެތައް ބަޔަކު ދަނީ ހަރަމްފުޅުގެ އެތެރޭގައި ހަރަކާތްތެރިވަމުންނެވެ. އެތައް ބަޔަކު އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ނުކުމެދާނެ ދަތިތައް ހައްލުކުރުމަށް އެހީތެރިވެދޭނެ މީހުންވެސް ހަރަމްފުޅުގައި ދާނީ ހަރަކާތްތެރިވަމުންނެވެ.













ޚިޔާލު