ދިއިސްލާމް ފޮޓޯ ދިވެހިރާއްޖޭގައި ކާޅު ސިނގިރޭޓް ބޮނީ؟!؟!

ދިވެހިރާއްޖޭގައި ކާޅު ސިނގިރޭޓް ބޮނީ؟!؟!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަތީގައިވާ ފޮޓޯއަކީ ބްރިޓިޝް ދެމީހުންކަމުގައިވާ ޓޮނީއާއި ޖުޑި ދިވެހިރާއްޖެއަށް ކުރި ދަތުރެއްގައި ނެގި ފޮޓޯއެއްކަމަށް އެމީހުން ބުނެއެވެ. ބުނެވޭ ގޮތުގައި އެދެމީހުން ރާއްޖެއައިސް ކޮންމެވެސް ރިޒޯޓެއްގައި އުޅެނިކޮން ކާޅެއް ވޯޓަރ ވިލެޖްއެއްގެ ފުރާޅަށް އައިސް ޖެއްސިއެވެ. އަދި ސިނގިރޭޓް ފޮށިން ސިނގިރޭޓް ނަގައި ބޯންފެށިކަމަށް އެމީހުން ބުނެއެވެ. ދެން ޖޫޑި (53 އަހަރު) އަވަހަށް ގޮސް ކެމެރާ ހިފައިގެން އައިސް ފޮޓޯ ނެގީއެވެ. އޭރު އިތުރު ކާޅެއްވެސް އައިސް ސިނގިރޭޓް ބޯންފެށިކަމަށް ބުނެވެއެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ކަމުގައިވާ 'ޒިންހުއާ' އިން ވެސް މިވާހަކަ ވަނީ ޝާއިއުކޮށްފައެވެ. މިއީ ކިހާވަރެއްގެ ތެދު ހަބަރެއްކަމެއް ނޭނގެއެވެ. އއެހެނަސް ދިވެހިންނަށް 'ކާޅު' ސިނގިރޭޓް ބޯތަން ފެނިފައިވާ ވާހަކަ ނުދައްކާއިރު ބޭރުގެ ބަޔަކަށް މިފަދަ ކަމެއް ރާއްޖޭން ފެނުމަކީވެސް އަޖައިބެކެވެ.

'ދިވެހިރާއްޖޭގައި ކާޅު ސިނގިރޭޓް ބޯވާހަކަ' އަކީ މިހާރު އިންޓަނެޓުގައި މަޝްހޫރު ވާހަކައެކެވެ.

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.