ރާއްޖޭގެ ޚަބަރުއަރަބިދުނިޔެ

ސަޢޫދީގެ ތަވައްކަލްނާ އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ

ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގައުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށްފަހުއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެއެވެ.

މި އެޕްލިކޭޝަން 74 ޤައުމަކަށް ސަޢޫދީއިން ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ސަޢޫދީޢަރަބިއްޔާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީޢަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.