ރާއްޖޭގެ ޚަބަރު

މީދޫގައި އަޅާ މިސްކިތުގެ ކުރެހުން ފައިނަލްކޮށްފި

އައްޑޫ ސިޓީ ގެ މީދޫ ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކުރެހުން ފައިނަލް ކުރުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މީދޫގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މި މިސްކިތް ހަދަން ޕްލޭން ކުރެވިފައިވާ 700 މީހުންގެ ޖާގައަށް ކަމަށެވެ. އަދި ކުރެހުންތައް ފައިނަލް ކުރެވިފައިވާ ކަމަށާޢި މިހަފްތާ ތެރޭގައި މި ޕްރޮޖެކްޓާއި ގުޅޭ ކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީދޫގައި މިސްކިތެއް އަޅާއިރު ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ދާދިފަހުން އައްޑޫ ކައުންސިލުން ވަނީ 10،000 އަކަފޫޓުގެ ބިމެއް އަމިއްލަ ފަރާތަކަށް ދޫކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ހިންގަމުން ދާއިރު އައްޑޫ ސިޓީ މީދޫ ގައި ވެސް ވަނީ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *