ރާއްޖޭގެ ޚަބަރު އައިޔޫއެމް އިން ލޯފަން ކުދިންނަށް ޚާއްސަ ކުލާހެެއް ފަށަނީ

އައިޔޫއެމް އިން ލޯފަން ކުދިންނަށް ޚާއްސަ ކުލާހެެއް ފަށަނީ

އައިޔޫއެމް އިން ލޯފަން ކުދިންނަށް ޚާއްސަ ކުލާހެެއް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން  ލޯފަން ކުދިންނަށް ޚާއްސަ ޤުރުއާން ކުލާސްތަކެއް ފެށުމަށް ނިންމަވައި އެކުލާހަށް ވަނުމަށް ހުޅުވައިލައިފިއެވެ.

ލޯފަން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ޤުރުއާން ކުލާަސްތަކަކީ ޤުރުއާން ހިތުދަސް ކޮށްދޭ ކުލާސް ތަކެކެވެ. އަދި މިކުލާސް ތަކުގައި ބައިވެރި ވުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައި ވާއިރު  މިފެށޭ ފެބްރުއަރި މަހުގެ 4ވަނަ ދުވަހުގެ 13:00އަށް ފޯމު ހުށަހަޅައި ނިންމަން ޖެހެއެވެ. 

މި ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމު އެޔުނުވަރސިޓީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. 

މިކުލާހުގެ ޖާގަ ކަނޑައެޅިފައިވަނީ ވަކި މިންވަރަކަށް ކަމަށް ވުމުން ފޯމު ހުށައަޅާ ތަރުތީބަށް އިސްކަން ދެވޭނެ ކަމަށް އެޔުނިވަރސިޓީއިން ވިދާޅުވެފައި ވެއެވެ.

މިކުލާސްތަކުގައި ކިޔަވައި ދެއްވާނީ ތަޖުރިބާކާރު އުސްތާޒުންނާއި އުސްތާޒާއިން ކަމަށް އެޔުނިވަރސިޓީއިން ވިދާޅުވެއެވެ. މި ކުލާސް ހިންގުމަށް ހަމަޖެހިފައިވަނީ ހެނދުނު ދަންފަޅީގައެވެ. އަދި މިކުލާހަކީ ފީއެއް ދައްކަން ނުޖެހި ހިލޭ ކިޔެވޭ ކުލާހެކެވެ.

ޓެގް

އައިޔޫއެމް ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.