ރާއްޖޭގެ ޚަބަރު އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް މެޑަލް ދެއްވައިފި

އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް މެޑަލް ދެއްވައިފި

އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް މެޑަލް ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާން ހިތުދަސް ކޮށް ޙާފިޡްކަމުގެ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސުލް ޖުމްހޫރިއްޔާގެ ޙާއްސަ މެޑަލް ދެއްވައިފިއެވެ.

އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް މެޑަލް ހަވާލުކޮށްފައި ވަނީ މިއަހަރުގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަހަރު މިމެޑަލް ލިބިފައިވަނީ ހަތަރު ޙާފިޡަކަށެވެ. އެއީ މއ ހެބޫދޫގޭ އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، ޅ ނައިފަރު ވިންޓަރ ގްރީން އަލްޙާފިޡް ނަވާރް ފިރާޤް މުޙައްމަދުފުޅު، ދ ކުޑަހުވަދޫ ޝަބްނަމީގޭ އަލްޙާފިޡް އަޙްމަދް ޒައުލް އަދި މއ ރިހިރާޅު އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް އެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.