ރާއްޖޭގެ ޚަބަރު ޙާފިޡުންނަށް ޙާއްސަ މެޑަލްއެއް ދިނުމަށް ރައީސް ޞާލިޙް ނިންމަވައިފި

ޙާފިޡުންނަށް ޙާއްސަ މެޑަލްއެއް ދިނުމަށް ރައީސް ޞާލިޙް ނިންމަވައިފި

ޙާފިޡުންނަށް ޙާއްސަ މެޑަލްއެއް ދިނުމަށް ރައީސް ޞާލިޙް ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ކީރިތި ޤުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިން ފާސްވާ ޙާފިޡުންނަށް

ޙާއްސަ މެޑަލްއެއް ދެއްވުމަސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ.

އެއްވަނަ ދަރަޖަ ހާސިލްކުރައްވާފައިވާ ޙާފިޡުންނަށް މިއަހަރު އެ މެޑަލް ދެއްވާނީ، އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ޙާއްސަ ރަސްމިއްޔާތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ރަސްމިއްޔާތުގައި ދައުލަތުން ދޭ ޤައުމީ އެހެން އިނާމުތައް ވެސް ހަވާލުކުރައްވާނެއެވެ.

ފުރަތަމަ ދަރަޖައިން ފާސްވި ހަތަރު ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް މި އަހަރު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެ އޮފީހުން ވިދާޅުވީ ޤުރްއާން ހިތުދަސްކޮށް، ދެ ވަނަ ދަރަޖަ އާއި ތިން ވަނަ ދަރަޖަ ހާސިލްކުރާ ޙާފިޡުންނަށް މީގެ ފަހުން އިނާމު ހަވާލުކުރާނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުދޭ ޖަލްސާގައި ކަމަށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.