ރާއްޖޭގެ ޚަބަރު

ލޮކްޑައުން ޙާލަތަކީ ކޮބައިކަން ކަނޑައަޅާނީ ކަމާބެހޭ ފަރާތްތަކުން: ޝެއިހް އިލްޔާސް ޖަމާލް

ދިމާވެގެން މިޢުޅޭ ޙާލަތުގައި ލޮކްޑައުން ގެ ޙާލަތަކީ ކޮބައިކަން ކަނޑައަޅާނީ އެކަމާއި ބެހޭ ތަޖްރިބާ ހުރި އެފަންނުގެ ޙާއްސަ ބޭފުޅުން ކަމަށް ޝައިޙް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

ޝެއިހް މިހެން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ޝަރުޢީގޮތުން ކަންކަން ކުރަންވީ ގޮތުގެ މަޢުލޫމާތު ޢާންމުނަށް ފޯރު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށް ފައިވާ ވީޑިއޯ އެއްގައެވެ.

މީގެ އިތުރުން މިވީޑިއޯގައި ކީރިތި ޤުރުއާނުން ދަލީލް ގެންނަވަމުން ޝެއިހް ވިދާޅުވެފައިވަނީ ކީރިތި ޤުރުއާނުގައި އައިސްފައިވާ “ތިޔަބައިމީހުން ނުދަންނަ ނަމަ ޢިލްމުގެ އަހުލުވެރިންނާއި ސުވާލު ކުރާށެވެ. މިއާޔަތުގެ ތަފްސީރާއި މެދު ޢިލްމު ވެރިން ވިދާޅުވެފައިވަނީ އެއީ ކޮންމެ ފަންނެއް އަދި ކޮންމެ ހުނަރެއް ނަމަވެސް އެކަމުގެ ޢިލްމު ހުރި ބޭފުޅުން ކަމަށެވެ. އަދި އެއީ ހަމައެކަނި ދީނީ ޢިލްމުވެރިން ނޫންކަމަށެވެ.

ކޮންމެ ކަމެއްގައިވެސް އެޢިލްމެއްގެ ޙާއްސް ބޭފުޅުންގެ ބަސް އަޑުއެހުން މިހިންމު ކަން އެމަނިކުފާނުގެ ބަސްފުޅުން އެނގިގެންދެއެވެ.

އަދި ނިންމާލަމުން އަޅުގަނޑުމެން އެންމެންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލު ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މިފަދަ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި ޢިލްމު ވެރިންނާއި ސިއްޙީ މާހިރުން ދެއްވާ އިރުޝާދުތރަކުގައި ހިފައިގެން ކުރިއަށް ދެވޭތޯ ބަލަންވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *