ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އޮތީ ކުރިންވެސް އަޅާފައިކަމަށާއި މިހާރުވެސް އަޅާފައިވާނެކަމަށާއި، ހަގީގަތް ނުބަލަނީކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ .
ޝަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓުވީޓުގައި އިތުރަށް ބުނެފައިވަނީ ކުރިންވެސް ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާ ކުރާނެކަމަށާއި ކުރިންވެސްވަނީ ދަޢުވާ ކޮށްފަކަމަށެވެ.
ދެންވެސް ކުރާނެ. ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް.
ސަމީމުގެ ޓުވިޓުގައި ބުނެފައިވެއެވެ.
ސަމީމު މިމޭރުމުން ޓުވީޓު ކުރައްވާފައިމިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓާގައި ވާހަކަދައްކަމުން އަންނަ ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނިކޮންނެވެ.
ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން. ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެ. ކުރިންވެސް ވަނީ ކޮށްފަި. ދެންވެސް ކުރާނެ. ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް.
— Hussain Shameem (@HuShameem) March 15, 2020
ސަމީމުގެ ޓުވީޓަށް ރިޕްލައި ކުރައްވާ އާންމު ފަރާތަކުން މައްސަލަ އަވަހަށް ބަލައިދީ ފިޔަވަޅު އެޅުއްވުމަށް އެދުމުން ޖަވާބުގައި ސަމީމު ބުނެފައިވަނީ ފިޔަވަޅު އޮތީ ކުރިންވެސް އަޅާފަ ކަމަށެވެ.
މިހާރުވެސް އަޅާފަ، ހަމަ ނުބަލަނީ
ސަމީމުގެ ޓުވީޓުގައި ބުނެފައިވެއެވެ.
Fiyavalhu othy kurinves alhaafa. Mihaaru ves alhaafa. Hama nubalanee. ??♂️
— Hussain Shameem (@HuShameem) March 15, 2020
ދޫކޮށްލާފައި ހުއްޓާ ރުސްތުމް އަނެއްކާވެސް ހައްޔަރު ކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. މީނާއަކީ މިދިޔަ އަހަރުވެސް ދީނަށް ފުރައްސާރަކޮށްގެން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން އަމުރުކުރީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކޮށްލިފަހުން ވެސް ޓްވީޓާ ގައި އަންނަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ވާހަކަދައްކަމުންނެވެ.
ޚިޔާލު